މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގެ ރިފްރެޝްމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގެ ރިފްރެޝްމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/388 (14 އޯގަސްޓް 2018) އިޢުލާނުގެ މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް އައުމާއި ގުޅިގެން އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޯގަސްޓް 26 ވާ އާދީއްތަ ދުވަހުގެ 12:30 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 އޯގަސްޓް 26 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

23 އޮގަސްޓް 2018
ހޯދާ