މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
143
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
ޖީ. އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ސެކްޝަން:
|
އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓް
|
މަޤާމް އޮތް އޮފީސް:
|
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ފ. ނިލަންދޫ ކައުންސިލް އިދާރާގައި
|
މުސާރަ:
|
4,400.00 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
1,200.00 ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
2. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
1.
|
ތެޔޮ ސެންޓަރަށް ލިބޭ ފައިސާ ބަލައިގަތުމާއި ފައިސާއާ ބެހޭ ފޮތްތައް ފުރިހަމަކޮށް ބެލެހެއްޓުން
|
|
|
2.
|
ތެޔޮ ސެންޓަރުން ވިއްކާ ހުރިހާ ބާވަތެއްގެ ތެލުގެ ސްޓޮކް ވަކިން ބެލެހެއްޓުމާއި ތެޔޮ ހުސްވުމުގެ ކުރިން ތެޔޮ ގެނެވޭހާ މުއްދަތު އޮށްވައި ތެޔޮފިހާރަ ހިންގުމާ ޙަވާލުވެ ހުންނަ ވެރިއަކަށް ދަންނަވައިގެން ތެލުގެ އޯޑަރު ފޮނުވުން.
|
|
|
3.
|
ޓޭންކުތަކަށް ތެޔޮ އެޅުމުން ތެލުގެ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތައް ހޯދައި ތެލާ ޙަވާލުވި ފަރާތުގެ ސޮއި ކުރުވައި ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތައް ރައްކައުތެރިކަމާއެކު ބެލެހެއްޓުން.
|
|
|
4.
|
ތެލުގެ އަގަށް ބަދަލެއް އަތުވެއްޖެނަމަ ތެޔޮފިހާރަ ހިންގުމާ ޙަވާލުވެ ހުންނަ ވެރިއެއްގެ މަޝްވަރާއާއެކު އައި ބަދަލު އެނގޭގޮތަށް އާންމުކޮށް އިޢުލާނު ކުރުން.
|
|
|
5.
|
ކްރެޑިޓަށް ދޫކުރެވޭ ތެލުގެ ބިލް ތައްޔާރުކޮށް ރެކޯޑުތައް ބެލެހެއްޓުން. އަދި ފައިސާ ނުލިބި ގިނަދުވަސްވާ ބިލްތަކަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
|
|
6.
|
ތެޔޮ ސެންޓަރުގެ ބޭނުމަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި އެތަކެތީގެ ހިސާބު ބެލެހެއްޓުން.
|
|
|
7.
|
ތެޔޮ ސެންޓަރުގެ މުވައްޒަފުންގެ މުސާރަޝީޓް ކޮންމެ މީލާދީ މަހެއްގެ 21 ވަނަ ދުވަހު ތައްޔާރުކޮށް، ޤަވާޢިދުން މުސާރަ ފައިސާ ނަގައި ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން.
|
|
|
8.
9.
|
އެކިފަރާތްތަކަށް ދޭންޖެހޭ ފައިސާ ނަގައި ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން.
ޚަރަދު ފައިސާގެ ފޮތްތައް ފުރިހަމަކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
|
|
|
|
|
|
|
10.
|
ކައުންސިލްގެ މާލިއްޔަތުން މުސާރަދޭ މުވައްޒަފުންގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުމާއި މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ފުރިހަމަކޮށް ބެލެހެއްޓުން.
|
|
|
11.
|
ކައުންސިލްގެ މާލިއްޔަތުން ހޯދާ ތަކެއްޗާއި ތަންތަނުގެ ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން.
|
|
|
12.
|
އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
|
މަޤާމުގެ ޝަރުޠުތައް:
|
|
ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އެއިގެ އިތުރުން "ސެކަންޑަރީ ސުކޫލު" ނުވަތަ "ހަޔަރ ސެކަންޑަރީ ސުކޫލް" ސެޓްފިކެޓު އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
2. މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ. މި އިދާރާގެ ވެބްސައިޓު އެޑްރެހަކީ www.fncl.gov.mv އެވެ.)
2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު)
3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
|
|
|
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.
5. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކާއިބެހޭ ލިޔުންތަކުގެ ކޮޕީ.
6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 އޮގަސްޓް 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ފ. ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ސެޕްޓެމްބަރު 2 ގައި ފ. ނިލަންދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ 50% (ފަންސާސް) އަށްވުރެ މަތިވާންޖެހޭނެއެވެ.
|
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
|
|
|
|
|
|