މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޒޯން 6 ގެ ރަށްތަކުގައި ހޭލުންތެރިކަމުގެ ޕްރޮގްރާން ހިންގުމަށް އަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

ޒޯން 6 ގެ ރަށްތަކުގައި ހޭލުންތެރިކަމުގެ ޕްރޮގްރާން ހިންގުމަށްއަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަދި ޖަޕާނުގެ އިންސްޓިޓިއުޓް ފޮރ ގްލޯބަލް އެންވަޔަރަންމެންޓަލް ސްޓްރެޓެޖީސް (އައިޖެސް) އިން ކުރިއަށް ގެންދާ ސަރަޙައްދީ އަދި ރަށު ފެންވަރުގެ ކުނި މެނޭޖުކުރުމުގެ ސްޓްރެޓެޖީ އަދި އެކްޝަން ޕްލޭން ތައްޔާރުކުރުމުގެ މަޝްރޫޢު ގެ ދަށުން ހުވަދު އަތޮޅުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް ސާފު ރާއްޖެ ސްމޯލް ގްރާންޓްސް އިނިޝިއޭޓިވް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.

މި އިނިޝިއޭޓިވްގެ މަގްސަދަކީ ހުވަދު އަތޮޅު (ޒޯން 6) ގެ ރަށްތަކުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ އެހީތެރިކަން މިމަޝްރޫޢު މެދުވެރިކޮށް ފޯރުކޮށްދިނުމެވެ. އެގޮތުން މިއިއުލާންއާއެކު ފޮނުވާފައިވާ "ކޯލް ފޮރ ޕްރޮޕޯޒަލްސް" އަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލަމެވެ. މިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅޭނީ:

  1. ރަށުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާތައް
  2. ރަށްކުރިއަރުވާ ކޮމިޓީ
  3. އަންހެނުންގެ ތަރައްޤީއަށް  މަސައްކަތްކުރާ ކޮމިޓީ

އާންމުން ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމިއްޔާ އަދި ޖަމާއަތްތަކުން މަސައްކަތްތަކެއް ރާވާ ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތުން އެޕްލިކޭޝަން ފޯމް "ކޯލް ފޮރ ޕްރޮޕޯސަލްސް" އާ އެއްގޮތްވާ ގޮތުގެ މަތިން ވަކި ސިޓީ އުރައެއްގައި ބަންދުކޮށް 30 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 1400 ގެ ކުރިން މިމިނިސްޓްރީގެ ރިސެޕްޝަނަށް ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތުގެ "ކޯލް ފޯ ޕްރޮޕޯސަލް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ އީމެއިލްގެ ޒަރިއްޔާއިން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމް ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕަރޓްމަންޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

16 އޮގަސްޓް 2018
ހޯދާ