ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"19 ވަނަ އިސްމާލިއާ އިންޓަރނޭޝަނަލް ފެސްޓިވަލް ފޮރ ކަލްޗަރ އެންޑް އާރޓްސް" ގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާން

 

     "19 ވަނަ އިސްމާލިއާ އިންޓަރނޭޝަނަލް ފެސްޓިވަލް ފޮރ ކަލްޗަރ އެންޑް އާރޓްސް" ގައި ބައިވެރިވުމުގެ ފުރުޞަތު

 

 

    މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރ އެންޑް އާރޓްސް އިން އިންތިޒާމްކުރައްވައިގެން 2018 ސެޕްޓެމްބަރ   6 ން 13 ށް އިޖީޕްޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ "19 ވަނަ އިސްމާލިއާ އިންޓަރނޭޝަނަލް ފެސްޓިވަލް ފޮރ ކަލްޗަރ އެންޑް އާރޓްސް" ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

    އެގޮތުން, މިފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 15 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕަކަށެވެ. މިގުރޫޕްގެ އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖައްސަވައިދެއްވާނެކަމަށް އިންތިޒާމް ކުރާފަރާތުން ވަނީ އަންގަވާފައެވެ. އެހެންނަމަވެސް އިންޓަރނޭޝަނަލް އެއަރފެއަރ، ވިސާ އަދި އެހެނިހެން ޙަރަދުތައް ހަމަޖައްސަވަން ޖެހިވަޑައިގަންނަވާނީ ބައިވެރިވާ ފަރާތަކުންނެވެ.

    ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 20 އޯގަސްޓް 2018 ވާ ހޯމަ ދުވަހުގެ ކުރިން މިސެންޓަރަށް ކޮޕީ ކުރަށްވައި (އީމެއިލް [email protected] ) އީމެއިލް [email protected] އަށް މެއިލް ފޮނުއްވައިދެއްވުމަށް ދަންނަވަމެވެ. މިއެގްޒިބިޝަންގައި ބައިވެރިވުމުގެ އެޕްލިކޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3344667   ނަންބަރު ފޯނަށެވެ.

14 އޮގަސްޓް 2018
ހޯދާ