މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

                               މިރަށުގައި ސަރުކާރުން އަޅައިދިނުމަށް ހަމަޖެހިފައިވާ ވޮލީކޯޓް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                   ވީމާ މިކަމަށްޝައުގުވެރިވާ ފަރާތްތަކުން 29 އޮގަސްޓް 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ސެޕްޓެމްބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ކެނޑުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައި 10 ސެޕްޓެމްބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި ދޮންފަނު ކައުންސިލްގެ އިދާރާގައެވެ.

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސްދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާ

އަގު

90%

v      ޙިދުމަތުގެ އަގަށްދޭ މާކްސް

v      މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

މަސައްކަތް ނިންމާ މުއްދަތް

5%

v      ހަވާލުކުރެވޭ މަސައްކަތް ނިންމާ މުއްދަތަކަށް ދޭ މާކްސް

v      މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

ތަޖުރިބާ

5%

v      ކުންފުނިން ނުވަތަ އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށައަޅުއްވާއިރު އެފަރާތަކުން ކުރިން ކޮށްފައިވާ މަސައްކަތަކާއިބެހޭ ގޮތުން އެމަސައްކަތް ހަވާލުކުރި ފަރާތަކުން އެމަސައްކަތް ކޮށް ނިންމާފައިވާ ގޮތާއިމެދު ދީފައިވާ ލިޔުން.

v      މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި މިމަސައްކަތް ކުރުމުގައި ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް.

v      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނައަހަރު މިމަސައްކަތްތަށް ކޮށްފައިވާ ފަރާތަކަށް.

( Submitted years of experience /   Benchmark year) x Allocated Percentage

 

                   މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެއީ ކާކުކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.      

                    05  ޒުލްޙިއްޖާ   1439

                    16  އޮގަސްޓް   2018  

16 އޮގަސްޓް 2018
ހޯދާ