މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު- ޕްރޮޖެކްޓް ކޯޑިނޭޓާރ, ސީނިއަރ އޮޕަރޭޝަންސް އޮފިސަރ, ސީނިއަރ ޕްރޮޖެކްޓްސް އޮފިސަރ

 

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

  މާލެ، ދިވެހިރާއްޖެ.                                       އިއުލާން ނަމްބަރު: IUL)22-E/22/2018/150) 

 

ވަޒީފާގެ ފުރުސަތު

ވަރލްޑްބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ތަންފީޒުކުރުމަށް ހަމަޖެހިފައިވާ "އެންހާންސިންގ އެމްޕްލޯއިމަންޓް ތްރޫ ހިޔުމަން ކެޕިޓަލް އެންޑް އޮންޓްރޮޕްރިނިއޯޝިޕް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ތައްޔާރީ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއަށް ތިރީގައި ބަޔާންކުރެވިފައިވާ މަޤާމްތަކަށް މީހުން ބޭނުންވެއެވެ.

 

މަޤާމް:            ޕްރޮޖެކްޓް ކޯޑިނޭޓާރ

ބޭނުންވާ އަދަދު:            1 (އެކެއް)

މަސައްކަތުގެ މުއްދަތު:   06 މަސް ދުވަސް ނުވަތަ ދެފަރާތް އެއްބަސްވާ މުއްދަތަކަށް.

 

މަޤާމް:            ސީނިއަރ އޮޕަރޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:            1 (އެކެއް)

މަސައްކަތުގެ މުއްދަތު:   06 މަސް ދުވަސް ނުވަތަ ދެފަރާތް އެއްބަސްވާ މުއްދަތަކަށް.

 

މަޤާމް:            ސީނިއަރޕްރޮޖެކްޓްސް އޮފިސަރ

ބޭނުންވާ އަދަދު:            1 (އެކެއް)

މަސައްކަތުގެ މުއްދަތު:   06 މަސް ދުވަސް ނުވަތަ ދެފަރާތް އެއްބަސްވާ މުއްދަތަކަށް.

    

ފެންވަރު ނުވަތަ ޝަރުތު:

މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. 3 މަގާމުގެ ޓަރމްސް އޮފް ރެފަރަންސް މި އިއުލާނުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

  

އެޕްލިކޭޝަން ހުށަހެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 އޯގަސްޓް 2018 (އާދިއްތަ) ގެ 13:00 ގެ ކުރިން ޢާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރގައި ހުންނަ ކޯޑިނޭޝަން ސަޕޯޓް ޔުނިޓްއަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3341318 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.       

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ.
  3. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ.

 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް ( ސީ.އެސް.ޔޫ )،ޢާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ، ދިވެހިރާއްޖެ

އީމެއިލް :      [email protected]    ފޯން: 3341318 

 

ވަޒީފާއަށް ފަރާތެއް ހޮވުން: މި ކަމަށް ބޭފުޅަކު ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތައް ބަލާ އިވެލުއޭޓް ކުރުމަށްފަހު އެންމެ ޤާބިލު ފަރާތަށެވެ. މީހަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖުލައި 2014" ގައިވާ ގޮތުގެ މަތިންނެވެ.

 

އިތުރު މައުލޫމާތު: މި މަގާމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިމިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ ނަންބަރު  3341318  އާއި ގުޅުއްވުން އެދެމެވެ.

15 އޯގަސްޓް 2018

15 އޮގަސްޓް 2018
ހޯދާ