ދިވެހިރާއްޖެ
ނަންބަރު: IUL)120/1/2018/50)
އިޢުލާން
2018 ވަނަ އަހަރުގެ ނޮވެންބަރު، ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އެސެސްމަންޓް އިންގްލިޝް (ސީއޭއީ، ސީޕީއީ،ކެޓް،ޕެޓް،އެފްސީއީ) އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:
2018 ވަނަ އަހަރުގެ ނޮވެންބަރު،ޑިސެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އެސެސްމަންޓް އިންގްލިޝް (ސީއޭއީ، ސީޕީއީ، އެފްސީއީ، ކެޓް އަދި ޕެޓް) އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން 2018 އޮގަސްޓު 26 އިން ފެށިގެން 2018 ސެޕްޓެންބަރު 09 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. ފައިސާ ނަގާނެގޮތުގެ ތަފްޞީލް މިޑިޕާޓްމަންޓުން ލިބެންހުންނާނެއެވެ.
ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ.
ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.
4 ޛުލްޙިއްޖާ 1439
15 އޮގަސްޓު 2018