ގުރައިދޫ ސްކޫލް ކ.ގުރައިދޫ
ދިވެހިރާއްޖެ
ލައިބްރަރީ މަރާމާތުކުރުން

އިޢުލާން

ތާރީޙް: 14 އޮގަސްޓް 2018                                                ނަންބަރ: GS145/HR/IUL/2018/037

 

 

 ސްކޫލް ލައިބްރަރީ މަރާމާތުކުރުން.

ސްކޫލްގެ ލައިބްރަރީ މަރާމާތު ކުރުމަށްޓަކައި ތަކެތި ދިނުމުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފްކޮށްދިނުން އޮންނާނީ 27 އޮގަސްޓް 2018 ވާ ހޯމަ ދުވަހު 13:00 ގައި ގުރައިދޫ ސްކޫލް ގައެވެ. އެސްޓިމޭޓް ބަލައިގަތުން އޮންނާނީ 29 އޮގަސްޓް 2018 ވާ ބުދަ ދުވަހު 13:00 ގައި ގުރައިދޫ ސްކޫލް ގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އިކޮނޮމިކްސް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ގުރައިދޫ ސްކޫލްގެ ނަންބަރު 6640574 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރާނީ އީ-މެއިލް ކުރާނީ [email protected] އަށެވެ. 

 

09 ޒުލްޙިއްޖާ 1439

14 އޮގަސްޓް 2018

14 އޮގަސްޓް 2018
ހޯދާ