ދިވެހިރާއްޖެ
އިޢުލާނު
ކެންޓީނު ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ސިންތި ފަންނުން ބިން ކުއްޔަށް ދޫކުރުން.
މިއިދާރާގެ ނަންބަރު: (IUL)374-C/374/2018/78 (10 ޖުލައި 2018) އިޢްލާނާއި އެކުގައި ދީފައިވާ މަޢުލޫމާތުގައި ފުށު އެރުންތަކެއް ހުރުމާއެކު، އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
ނިލަންދޫ ސިންތި ފަންނު ސަރަޙައްދުގެ ތެރެއިން ކެންޓީނު ނުވަތަ ރެސްޓޯރެންޓު ހިންގުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން އެމަސައްކަތް ކުރުމަށް 02 ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ބިން ހޯއްދުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 އޯގަސްޓް 28 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2018 އޯގަސްޓް 30 ވަނަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ފޯމުގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާއިރު އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނީ ބިމުގެ އަކަފޫޓަކަށް މަހަކު 15 (ފަނަރަ) ލާރިއެވެ.
ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވަންޖެހޭ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ކެންޓީނު ނުވަތަ ރެސްޓޯރަންޓް ހިންގުމަށް ސިންތި ފަންނުން ބިން ކުއްޔަށް ހިފުންއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
02ޛުލްޙިއްޖާ 1439
13 އޯގަސްޓް 2018
މުޙައްމަދު ޖަލީލު
ފ. ނިލަންދޫ ކައުންސިލްގެ ރައީސް