މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާޢީސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް މީހުން ހޯދުމާއިގުޅޭ

އިޢުލާން

 އިޖުތިމާޢީސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް މީހުން ހޯދުމާއިގުޅޭ

  ރަށުގެ އިޖުތިމާޢީސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކޮންޓެކްޓް އުސޫލުން އިތުރަށް 02 މީހުން ނެގުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ.

މިހެންކަމުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން 1 އަހަރުދުވަހަށް ކޮންޓެކްޓް އުސޫލުން އިޖުތިމާޢީސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ 2 މީހަކު ހޯދުމަށް ބޭނުންވެއެވެ.

ޝަރުތު:

(1)   އުމުރުން 18 އަހަރު ފުރި 65 އަހަރު ނުފުރޭ މީހެއްކަމުގައި ވުން

(2)   ލިޔަންކިޔަން އެނގުމާއިއެކު ގިނަވަޤުތު މަސައްކަތުގައި އުޅެވޭފަދަ މީހެއްކަމުގައި ވުން

ކުރަންޖެހޭ މައިކަނޑު މަސައްކަތް:

(1)   ރަށުގެ އިޖުތިމާޢީސަރަޙައްދުތަކާއި ކައުންސިލުން ބަލަޙައްޓަމުންގެންދާ ބިންތަކާއި ގޯތިތަކާއި، އެގޯތިތަކުގެ ވަށައިގެންވާ މަގުތަށް ކުނިކަހާ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން

(2)   ދިމާވާ މުޙިންމު ކަންކަމާއިގުޅިގެން ކައުންސިލުން އެވަގުތަކު ސާފުކުރުމަށް ކަނޑައަޅާ ތަންތަނާއި މަގުތަށް ސާފުކޮށް ބެލެހެއްޓުން

މުސާރަ:

(1)   މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/300 ރުފިޔާ

މުސާރައިން އުނިކުރުން:

(1)   މަސައްކަތަށް ނުނިކުންނަ ދުވަސްތަކަށާއި ވަގުތަށް ވާމިންވަރު މުސާރައިން އުނިކުރެވޭނެވެ.

މަސައްކަތް ކުރަންޖެހޭ ވަޤުތު:

(1)   މެންދުރު ކުރި 4 ގަޑިއިރު، މެންދުރު ފަހު 4 ގަޑިއިރު

އާންމުކޮށް މަސައްކަތް ކުރަންޖެހޭ ދުވަސް:

(1)   ކޮންމެ ހަފުތާއެއްގެ ހޮނިހިރު ދުވަހު

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީއާއި މިފަދަ މަސައްކަތްތަށް ކޮށްފައިވާކަމުގެ ލިޔުމާއި އައި ޑީ ކާޑުގެ ކޮޕީއާއިއެކު ސިޓީއަކުން މިއިދާރާއަށް 26 އޯގަސްޓް 2018 ވާ އާދިއްތަދުވަހުގެ މެންދުރު 13:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6580015 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 ޛުލްޤާއިދާ 1439

12 އޮގަސްޓް 2018
ހޯދާ