މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސިނަމާލެ ބްރިޖްގެ ކެމެރާ ސިސްޓަމްއަށް ބޭނުންވާ ތަކެތި މި މިނިސްޓްރީއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ސިނަމާލެ ބްރިޖްގެ ކެމެރާ ސިސްޓަމްއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޯގަސްޓް 27 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 އޯގަސްޓް 13 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން 2018 އޯގަސްޓް 26 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ގުޅުއްވުން އެދެމެވެ. އަދި، އިޢުލާނާއި ގުޅިގެން އުފެދޭ ސުވާލުތައް 2018 އޯގަސްޓް 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުންއެދެމެވެ.

12 އޮގަސްޓް 2018
ހޯދާ