އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާގެ ވެހިކަލްތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިއިދާރާގެ ވެހިކަލްތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން  ކުރެވުނު ނަންބަރު: (IUL)426-AA/426/2018/56 އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، މިދެންނެވުނު އިޢުލާން ބާޠިލުކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތާއި ގުޅޭ ބީލަންފޯމް 2018 އޮގަސްޓް 12 ވާ އާދީއްތަ ދުވަހުގެ 10:30ން ފެށިގެން 2018 އޮގަސްޓް 15 ވާ ބުދަ ދުވަހުގެ 12:00ށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ. ބީލަން ހުޅުވުން އޮންނާނީ 2018 އޮގަސްޓް 26 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 2018 އޮގަސްޓް 12 ވާ އާދީއްތަ ދުވަހުން ފެށިގެން 2018 އޮގަސްޓް 15 ވާ ބުދަ ދުވަހުގެ 14:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2018 އޮގަސްޓް 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގަންނަވާ ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެއެވެ.

އީމެއިލް: [email protected]  

ކޮޕީ : [email protected]

27 ޛުލްޤަޢިދާ 1439 

09 އޮގަސްޓް 2018
ހޯދާ