ދިވެހިރާއްޖެ
މިނިސްޓްރީއިން ދިގު މުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރެވިފައިވާ ރަށްތަކުންނާއި ފަރުދީ ފެންވަރުގައި ދަނޑުވެރިކަންކުރާ ފަރާތްތަކުން ތަފާސް ހިސާބު ނެގުމަށް ބޭނުވާ ސޮފްޓްވެއަރއެއް ހެދުމަށްޓަކައި އެޓޭޗްކުރެވިފައިވާ ޓީ.އޯ.އާރުގައި ތަފްސީލްދެވިފައިވާ ގޮތަށް ސޮފްޓްވެއަރ އިންޖިނިއަރެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރ (IUL)30-C/30/2018/103 އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގެންފައި ނުވާތީ މިއިއުލާން ބާތިލްކޮށް އަލުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 އޯގަސްޓް 16 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 2018 އޯގަސްޓް 30 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަގާއި ޓީ.އޯ.އާރުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
- އަގަށް 50 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 50)
- މުއްދަތު 20 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރުމުއްދަތު / ހުށަހެޅި އަގު × 20)
- ތަޖުރިބާއަށް 30 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339226، 3339209 އަދި 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.