ދިވެހިރާއްޖެ
އިޢުލާން
މިކުންފުނީގެ ފަރާތުން ތ. ބުރުނީ އިންޖީނުގެ މިހާރުހުރިތަން ނޫން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށްޓަކައި، ކުންފުނިންދޭ ކުރެހުމާއި، ބީއޯކިޔު އާ އެއްގޮތަށް އަމިއްލަ ތަކެތީގައި، އެމަސައްކަތް އެރަށުގައި ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރެވުނު ނަންބަރު: FNK-K(T)/FNK/IUL/2013/62 (14 މާރޗް 2013) އިޢުލާނަށް އެކަށީގެންވާ އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ، މިފުރުސަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 06 ޖަނަވަރީ 2014 ވާ ހޯމަ ދުވަހުގެ 12:00 އަށް މިކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޖަނަވަރީ 2014 ވާ ހޯމަ ދުވަހުގެ 12:00 ގައި އަންދާސީހިސާބާއި މަސައްކަތުގެ ތަފުސީލު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން ފެނަކަ ކޯޕަރޭޝަންގެ މާލެ އޮފީހުގައިއާއި ތ. ބުރުނީގެ ކައުންސިލްގެ އިދާރާގައި، މަޢުލޫމާތު ސާފުކޮށްދޭން ހަމަޖެހިފައި އޮންނަ ތާރީޚާއި ގަޑީގައި އޮންނާނެއެވެ. މަޢުލޫމާތު އޮޅުންފިލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވެމެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީ މަގު، މާލެ، 20307،
ދިވެހި ރާއްޖެ
ގުޅޭނެ ނަމްބަރު: 3018187 (960+)
ފެކްސް ނަމްބަރު: 3327555 (960+)
އީ.މެއިލް: [email protected]
23 ޞަފަރު 1435