ދިވެހިރާއްޖެ
އިޢުލާން
ފ. ނިލަންދޫގައި ކުނިނައްތާލުމަށް ކުރިންބޭނުންކުރި ކުނިކޮށީގެ މޫދުތޮށިތައް މަރާމާތުކުރުމަށް ބޭނުންވާ ތަކެތި މިއިދާރާއަށް ވިއްކައިދޭނޭ ފަރާތެއް ހޯދުން
ފ. ނިލަންދޫގައި ކުނިނައްތާލުމަށް ކުރިން ބޭނުންކުރި ކުނިކޮށީގެ މޫދުތޮށިތައް މަރާމާތު ކުރުމަށް ބޭނުންވާ ތިރީގައި ދަންނަވާފައިވާ ތަކެތި މިއިދާރާއަށް ވިއްކައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިތަކެތި ވިއްކަވާ ފަރާތްތަކުން ރަށާހަމައަށް ތަކެތި ގެނެސްދީ މިއިދާރާއިން ދައްކާ ތަނެއްގައި ގުދަންކޮށްދޭންވާނެއެވެ.
01- 2000 ބަސްތާ ސިމެންތި 50 ކިލޯގެ BS12
02- 6000 ބަސްތާ ހިލަ 50 ކިލޯގެ
03- 4000 ބަސްތާ ހިލަވެލި (ރާޅު) 50 ކިލޯގެ
04- 495 ކޮންކްރީޓް ދަގަނޑު 10 އެމްއެމްގެ
ވީމާ، އެތަކެތި ވިއްކުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ދަންނަވާފައިވާ ތާރީޚަށް މާލޭގައިނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް، ފ. ނިލަންދޫގައި ނަމަ މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މާލޭގައިނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށެވެ. ފ. ނިލަންދޫގައިނަމަ މިއިދާރާއަށެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ. ނިލަންދޫގައި ކުނިނައްތާލުމަށް ކުރިންބޭނުންކުރި ކުނިކޮށީގެ މޫދުތޮށިތައް މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ވިއްކުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން |
ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައި |
މަޢުލޫމާތު ސާފުކޮށްދިނުން |
15 އޯގަސްޓް 2018 ވާ ބުދަ ދުވަހުގެ 10:30ގައި |
އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން |
26 އޯގަސްޓް 2018 ވާ އާދީއްތަ ދުވަހުގެ 10:30 ގައި |
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެކަމުގައި ދަންނަވަމެވެ. އެހެން މީހެއްގެ ޙަވާލުގައި އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ އެއްގަޑީއިރުކުރިން އެކަން ބަޔާންކޮށް އެފަރާތެއްގެ ލިޔުމެއް ސޮޔާއެކު މިއިދާރާއަށް ހުށަހަޅަން ވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
24 ޛުލްޤަޢިދާ 1439
06 އޯގަސްޓް 2018
މުޙައްމަދު ޖަލީލު
ފ. ނިލަންދޫ ކައުންސިލްގެ ރައީސް