ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޕްރޮގްރާމް އޮފިސަރ
|
މަގާމުގެ ނަންބަރު:
|
J252792
|
ބޭނުންވާ އަދަދު:
|
1
|
މަގާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް. އެސް 2
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ /މާލެ/ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓް
|
މުސާރަ:
|
-/6,295 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2,000 ރުފިޔާ
|
ސްޕެޝަލް ޑިއުޓީ އެލަވަންސް:
|
2,203/25 ރުފިޔާ
|
ޓެކްނިކަލް ކޯ އެލަވަންސް:
|
1,762/60 ރުފިޔާ
|
މަގާމުގެ ޝަރުތު
|
- ކްލައިމެޓޮލޮޖީ ނުވަތަ އެންވަޔަރަންމެންޓަލް ސައިންސްގެ މަސައްކަތާ ގުޅޭ ތަޢުލީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން
|
މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
|
- މަޝްރޫޢުތަކުގެ ޕްރޮގްރެސް ރިޕޯރޓް ތައްޔާރުކުރުމާއި މަޝްރޫޢުގެ ރިޕޯރޓް އެނަލައިސް ކުރުމަށް އެހީތެރިކަން ދިނުން.
- މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި އަދި މިބަދަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެކުލަވާލެވޭ ސިޔާސަތުތަކާއި، ސްޓްރެޓަޖީތަކާއި، ޕްރޮގްރާމްތަކާއި އަދި މަޝްރޫއުތަކުގައި "އިކޮނޮމިކް އިމްޕެކްޓްސް" ހިމަނައި، އެފަދަ އަސަރުތައް ވަޒަންކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ކާރބަން މަދު އިޤްތިސާދަކަށް މަގުފަހިކުރުމަށް ހިންގޭ ޕްރޮގްރާމްތަކާއި، މަޝްރޫޢުތައް ކުރިޔަށް ދާގޮތުގެ މައުލޫމާތުހޯދައި އޭގެ މަޝްރޫޢުތަކުގެ އިންޕެކްޓް ވަޒަން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- މޫސުމަށްއަންނަ ބަދަލުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ ދަށުން އުފެއްދިފައިވާ ޖީ.ސީ.އެފް، އެޑަޕްޓޭޝަންފަންޑް، ގްރީން ކްލައިމެޓް ފަންޑުމެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދުމުގައި ޑިޕާރޓްމަންޓުން ކުރަންޖޭހޭ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރުމާއި މިކަމަށް މަގުފަހިކުރުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- އެކިއެކި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ބައިލަޓެރަލް އެސިސްޓަންސް މެދުވެރިކޮށް ބޭނުންވާ އެހީތައް ހޯދުމުގައި މަގުފަހިކުރުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ދުނިޔޭގެ އިޤްތިސާދަށާއި ދިވެހިރާއްޖޭގެ އިޤްތިސާދަށް އަންނަމުންދާ ބަދަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ހުރި ގުޅުމުގެ މައްޗަށް ބަލައި ކަމާއިބެހޭ މައުލޫމާތު ހޯދައި ދިރާސާކުރުމުގައި އެހީތެރިކަން ދިނުން.
- ދުނިޔޭގެ ފެންވަރުގައި ހިންގޭ ކާބަން މާކެޓްތައް (މިސާލަކަށް: އީ.ޔޫ އެމިޝަން ޓްރޭޑިންގް ސްކީމް، ޗައިނީސް ނެޝަނަލް ކާރބަން ޓްރޭޑިންގް ސްކީމް) އާއި ބެހޭ މައުލޫމާތު އެއްކުރުމާއި، ކާރބަން މާރކެޓްތަކެއް ކުދި ޖަޒީރާ ޤައުމުތަކުގައި ހިންގިންދާނެތޯ ބެލުމާއި، އަދި މިފަދަ މާރކެޓަކުން އިޤްތިސާދީގޮތުން ކޮށްފާނެ އަސަރާއި ބެހޭ މައުލޫމާތު އެއްކުރުމުގައި އެހީތެރިވެދިނުން.
- ބައިނަލްއަޤްވާމީ ފެންވަރުގައި ބޭނުން ކުރެވެމުންދާ އެކި ކަހަލަ އެންވަޔަރަމެންޓަލް ޓެކުސް، ނުވަތަ ކާބަންޓެކުސް އާއި ބެހޭ މައުލޫމާތު އެއްކޮށް، މިފަދަ "ޓެކްސް ރެޖީމް" ތައް ދިރާސާކޮށް، މީގެ ތެރެއިން ރާއްޖޭގައި ހިންގިދާނެ ނުވަތަ ކުރެވިދާނެ ކަންތައްތައް ބެލުމުގައި އެހީތެރިވެދިނުން.
- މަސައްކަތާއި ގުޅުންހުރި ދާއިރާތަކުން، ރާއްޖޭގެ އެތެރެއާއި ރައްޖެއިން ބޭރުގައި ބޭއްވޭ ބައްދަލުވުންތަކާއި، ޖަލްސާތަކުގައި ބައިވެރިވެ މިކަމުގައި މިނިސްޓްރީގެ ސިޔާސަތު ހާމަކުރުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- މޫސުމަށްއަންނަ ބަދަލުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ ދަށުން ތައްޔާރުކުރެވޭ ރިޕޯޓްތައް ތައްޔާރުކުރުމުގައި މައުލޫމާތު ފޯރުކޮށްދިނުމުގައި އެހީތެރިވެދިނުން.
- ޔުނިޓުގެ މުވައްޒަފު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުއްދަތުގައި އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކިގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު
- ގިނައިރު މަސައްކަތުގއި އުޅެވޭނެ ފަރާތެއް ކަމުގައިވުން.
- ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2018 އޮގަސްޓް 29 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 30 އޮގަސްޓް 2018 އާއި 06 ސެޕްޓެމްބަރ 2018 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުމަށް:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
25 ޛުލްޤައިދާ 1439
07 އޮގަސްޓް 2018
|