ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުން.

1439 އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން، މިއިދާރާއާއި، ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ހިންގާ ޚާއްޞަ ޕްރޮގްރާމްގައި ނައިޓް މާކެޓް 2018 ގެ ނަމުގައި ނައިޓްމާކެޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނައިޓް މާކެޓް އޮންނާނީ 2018 އޯގަސްޓް 17 ވަނަ ދުވަހުގެ ރެއިން ފެށިގެންނެވެ.

           ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ދޫކުރާ ފޯމް 2018 އޯގަސްޓް 7 ވަނަ ދުވަހުން ފެށިގެން 2018 އޯގަސްޓް މަހުގެ 12 ވަނަ ދުވަހުގެ 13:00ގެ ކުރިން މިއިދާރާއިން ލިބެން ހުންނާނެއެވެ.

           ނައިޓްމާކެޓްގައި ވިޔަފާރިކުރުމަށްއެދި ހުށައަޅާ ފަރާތްތާއެކު ބާއްވާ ބައްދަލުވުން 2018 އޯގަސްޓް 13 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ބިލްޑިންގ ގައި އޮންނާނެއެވެ.

           ވީމާ، ނައިޓް މާކެޓްގައި ވިޔަފާރިކުރަން އެދޭ ފަރާތްތަކުން މިއިދާރާއަށް ދުރުވެ ފޯމް ނަންގަވާ ފޯމް ފުރުއްވުމަށްފަހު، 2018 އޯގަސްޓް 12 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ގެންނަ ފޯމް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ.

07 އޮގަސްޓް 2018
ހޯދާ