ދިވެހިރާއްޖެ
ޢިއުލާން
ބޭސްފިހާރައިގެ ގޮތުގައި ހެދިފައިވާ އިމާރާތް ކުއްޔަށް ދޫކުރުމާއި ގުޅޭ:
06 އޮގަސްޓް 2018 ވަނަ ދުވަހު، ހައްދުންމަތީ މާވަށު ކައުންސިލުން ބޭއްވި އާންމު ބައްދަލުވުމުން (ނަންބަރު: 400/2018/T3-28) ނިންމާފައިވާ އުސޫލުތަކާއި އެއްގޮތަށް، ބޭސްފިހާރައިގެ ގޮތުގައި ހެދިފައިވާ އިމާރާތް ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، ވިޔަފާރި ކުރުމަށްޓަކައި، އެ އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން، 14 އޮގަސްޓް 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް މާވަށު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މި ޢިއުލާނާއި އެކު "ވިޔަފާރި ކުރުމަށްޓަކައި ބޭސްފިހާރައިގެ ގޮތުގައި ހެދިފައިވާ އިމާރާތް ދޫކުރުމަށް ކައުންސިލުން ކަނޑައަޅާ އުސޫލުތަށް" އާއްމުކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6800718 ނަންބަރަށް ގުޅުއްވުން އެދެމެވެ.