މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވާލާއި ކާޅު މަދުކުރުމަށް އަލްޓްރާސޮނިކް ޑިވައިސް ހަރުކުރުން

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މިނިސްޓްރީން ހިންގަމުން ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ވިޔަފާރީގެ އުސޫލުން ނަފާ ހޯދުމަށް ގޭގޭގައި ހައްދަމުން ގެންދާ އަނބުފަދަ ބޮޑެތި މޭވާ ގަސްތަކަށް ވާލާއި ކާޅުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އެކަމަށް ޚާއްޞަ އާލާތެއް ހަރުކޮށްދިނުމުގެ ޕްރޮގްރާމެއް މި މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 

ވީމާ މިކަމަށް އެދޭ ކޯޕަރޭޓިވްސް، ޖަމްއިއްޔާތައް އަދި އަމިއްލަ ފަރުދުން 14 އޮގަސްޓު 2018 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރިއްޔާއިން ފޯމު ހުށަހަޅުއްވާނަމަ ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

07 އޮގަސްޓް 2018
ހޯދާ