މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ކުއްޔަށް ހިފުމާއި ބެހޭ

ޕިކަޕެއް ކުއްޔަށް ހިފުމާއި ބެހޭ

 

ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކުނި ނެގުމުގެ މަސައްކަތް ކުރުމަށް ޕިކަޕެއް ކުއްޔަށް ދޭނެ  ފަރާތެއް ހޯދަން ކުރި ނަމްބަރ (IUL)320-FNP/320/2018/35 ( 11 ޖުލައި 2018 ) އިއުލާނަށް ހުށައަޅާފައިވާ އެސްޓިމޭޓްތައް ބޮޑުކަމަށް ފެންނާތީވެ އަލުން އެސްޓިމޭޓް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ ތާރީހަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯސަލް ހުށަހެޅުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުން އޮންނާނީ މި އިދާރާގައެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވަންވާނީ އެމީހަކާބެހޭ ފުރިހަމަ މަޢުލޫމާތު އިގޭފަދަ ރަސްމީ ލިއުމަކާއި އެކުގައެވެ. ކުންފުންޏަކުން ނަމަ އެމީހަކީ އެކުންފުނީގެ ފަރާތުން ފޮނުވާ ފަރާތެއްކަން އަންގައިގޭ ލިއުމެއް ހުށަހަޅަންޖެހޭނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

އެސްޓިމޭޓް ހުށަހެޅުން

12 އޯގަސްޓް 2018 (އާދީއްތަ) ދުވަހުގެ 11:00 އަށް

15 އޯގަސްޓް 2018 (ބުދަ) ދުވަހުގެ 11:00 އަށް

 

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބަދަލުގައި މީހަކުފޮނުވާނަމަ އެމީހަކީ އެފަރާތުން ފޮނުއްވާ މީހެއްކަން އަންގައިދޭ ލިއުމެއް ހުށަހަޅަންޖެހޭނެއެވެ. މިފަދަ ލިއުމެއްނެތި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިނުގަންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލްތަކާއި، އީމެއިލާ ފެކްސްގެ ޒަރީޢާއިން ފޮނުވާ ޕްރޮޕޯސަލްތައް ބަލައި ނުގަންނާނެކަމާ، އަދި މަޢުލޫމާތު ފުރިހަމަނުވާ ޕްރޮޕޯސަލް ބާޠިލް ވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                   މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޮގަސްޓް 2018
ހޯދާ