ނޯޓް:
|
މާލެ ހުޅުމާލެ ބްރިޖް ބަހުގެ ޚިދުމަތް ދިނުމުގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުން.
|
މުސާރަ:
|
މަހަކު -/5380 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/4304 ރުފިޔާ)
|
އެހެނިހެން އިނާޔަތްތައް:
|
5،500ރ - 6،500ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.
އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ޝަރުތު:
|
- ޖީ.ސީ.އީ އޭލެވެލް ނިންމާފައިވުން.
ނުވަތަ
- ޖީ.ސީ.އީ އޯލެވެލް ދެ މާއްދާއިން ފާސްވެފައިވުމާއި އެކު 02 އަހަރު ދުވަހު ތަޖުރިބާ ލިބިފައިވުން.
- ޝިފްޓް އުޞޫލުން ގިނަވަތު މަސައްކަތުގައި އުޅެވޭފަރާތް ތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:
|
- ބަސް ދަތުރުގެ މަސައްކަތް ހިނގަމުންދާގޮތް ބެލެހެއްޓުމާއި ބަސް ދަތުރުތަކުގެ ޝެޑިއުލް ތައްޔާރުކޮށް ޝެޑިއުލްއާއި އެއްގޮތަށް ދަތުރުތަށް ކުރިއަށް ދޭތޯ ބަލައި ޗެކްކުރުން.
- ބަސް ދަތުރުތަކުގެ މަސައްކަތަށް ކުރިޔަށް ދާގޮތުގެ ރިޕޯޓް ތައްޔާރުކުރުން.
- އެ ވެހިކަލެއް ދުއްވާ ޑްރައިވަރުންނާއި ބަސް އެޓެންޑަންޓުން ވެހިކަލް ސާފުތާހިރުކޮށް ބަލަހައްޓާތޯ ޗެކްކުރުން.
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)
|
މަސައްކަތްކުރަންޖެހޭ ތަން:
|
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
|
ސުންގަޑި:
|
2018 އޯގަސްޓް 12ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން.
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
|
- މަޤާމަށް އެދިހުށަހަޅާ ފޯމް
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް
|
ހުށަހަޅަންޖެހޭ އޮފީސް:
|
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)
ވަޒީފާއަށް އެދޭ ފޯމް މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.port.com.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު: 3329339ފެކްސް: 3325293
އީމެއިލް: [email protected]
|
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.
|