ދިވެހިރާއްޖެ
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އއ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރު ހިންގާނެ އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)459-PL/459/2018/16 (10 ޖުލައި 2018) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިފަދަ އިމާރާތެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 އޮގަސްޓް 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް އއ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮގަސްޓް 30 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް އއ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލާމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
05 އޮގަސްޓް 2018
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް: މިއިއުލާން ގެޒެޓުގައި ޝާއިޢުކޮށް ދެއްވުން އެދެމެވެ.