ދިވެހިރާއްޖެ
ނަމްބަރ:N2C-A/2018/01
ޢިއުލާން
މިކޯޓުގެ ގޭޓުހަދައި ހަރުކުރުމާއި އަދި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 09 އޯގަސްޓް 2018 ދުވަހުގެ 13:00 އަށް މި ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 15 އޯގަސްޓް 2018 ދުވަހު 13:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބަދަލުގައި މިހަކު ފޮނުވާނަމަ އެފަރާތުން ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި ކުންފުންޏެއްގެ ނަމުގައި ވަޑައިގަންނަވާނަމަ ކުންފުނީގެ ލެޓަހެޑުގައި، ކުންފުނީގެ ފަރާތުން ފޮނުވިކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި ފަރުދީ ހައިސިއްޔަތުން ވަޑައިގަންނަވާނަމަ، އައިޑީކާޑު ގެންނަންވާނެއެވެ. ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
19 ޛުލްޤައިދާ 1439
01 އޯގަސްޓް 2018
