ހުވަދޫ ސްކޫލް، ގދ.ފަ ރެސްމާތޮޑާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޑްމިން)

އިޢުލާނު

 

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (އެޑްމިން)  

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (3 މަސް)

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދޫ ސްކޫލް، ގދ.ފަރެސްމާތޮޑާ

މުސާރަ:

-/4465

ސަރވިސް އެލެވަންސް:

-/1500

އެހެނިހެން އެލަވަންސް:

-           

ދާއިރާ

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމެންޓް
  3. އިންފޮމޭޝަން ޓެކްނޮލޮޖީ
  4. ހިއުމަން ރިސޯސް މެނޭޖްމެންޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލަށް ލިބޭ ސިޓީފަދަ ލިޔެކިޔުންތައް ބަލައިގަތުމާއި، އެންޓްރީ ކުރުމާއި، ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން. އަދި ދުވަހުން ދުވަހަށް ސްކޫލްގެ މެއިލްތައް ޗެކްކުރުމާއިއެކު މެއިލްގެ ޒަރީޢާއިން ސްކޫލަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް އަވަސްތަކެތި ވަގުތުން ވަގުތަށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާ، ޖަވާބުދޭންޖެހޭ ލިޔުންތަކަށް އިސްވެރިޔާގެ ލަފާގެމަތިން، މުއްދަތު ހަމަވުމުގެ ކުރިން ޖަވާބު ދިނުން.

 

2. ދަރިވަރުންގެ މެއިން ރަޖިސްޓްރީ އާއި ކްލާސްލިސްޓް ބެލެހެއްޓުން.މިގޮތުގެ މަތިން ސްކޫލަށް ވަންނަ ކުދިންނާއި ވަކިވާ ކުދިންގެ މަޢުލޫމާތު ދުވަހުން ދުވަހަށް ކޮމްޕިއުޓަރގައި ހުންނަ ލިސްޓް އަޕްޑޭޓްކޮށް ބެލެހެއްޓުމާއެކު ސްކޫލަށް ވަންނަ /ވަކިވާ ކުދިންގެ މަޢުލޫމާތު ސުޕަރވައިޒަރުންނަށް ދިނުމަށް ފަހު ދަރިވަރުންގެ މަޢުލޫމާތު ފައިލުތައް ބެލެހެއްޓުން.

 

3.ގްރޭޑް ތަކުގެ ގެ ސުޕަރވައިޒަރުން ޙަވާލު ކުރާ ލިޔެކިޔުންތައް ނިންމަންޖެހޭ ގަޑިއަށް ތައްޔާރުކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލު ކުރުން. އިތުރު ޙަރަކާތްތަކާއި ގުޅިގެން ކުދިންނަށް ދޭންޖެހޭ ސްލިޕްތައް ގަޑިއަށް ނިންމުމަށްފަހު ކުދީންނާ ޙަވާލުކުރުމަށް ސުޕަވައިޒަރާއި ޙަވާލުކުރުމާއި  އަދި އިތުރު ޙަރަކާތްތަކާއި ގުޅިގެން ޙަވާލުކުރާ ލިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ކޮޕީތައް ފައިލުކުރުން.

 

 

4.ސްކޫލުން ވަކިވާން އެދޭ ކުދިންގެ ލީވިންސެޓްފިކެޓް ، ބެލެނިވެރިޔާ އެކަމަށް އެދި ސިޓީ ހުށަހަޅާތާ 3ދުވަހުގެތެރޭގައި ނިންމާފަ ބެލެނިވެރިޔާއާއި  ޙަވާލުކުރުމަށްފަހު  ކޮޕީ ފައިލު ކުރުން.އަދި ގްރޭޑް 10 ނިންމާ  ކުދިންގެ  ލީވިންސެޓްފިކެޓް  އެއަހަރެއްގެ ޑިސެމްބަރ މަސް ނިމުމުގެކުރިން ނިންމާފައި ބެލެނިވެރިންނަށް ދޫކުރުމުގެ ކަންތައް ހަމަޖެއްސުމަށްފަހު ކޮޕީތައް ފައިލުކުރުން.

5. ދަރިވަރުންނާއި ގުޅުންހުރި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.

 

6. ސްޓޮކް ބެލެހެއްޓުމާއި އަބްޑޭޓްކުރުން.

 

 

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެ އާއި އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ-  ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ބަންދު ނޫން ކޮންމެ ދުވަހަކު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

ށ-   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ނ-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ރ-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.  

ބ-  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކި ފެންޗަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  2. މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

ޅ-  ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

ކ-  ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

އ-  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

  1. ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  2. އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށް ފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ، ގދ. ހުވަދޫ ސްކޫލުގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

ހ- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޮގަސްޓް 2018 ގެ 13:00 ގެ ކުރިން، ހުވަދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 13 އޮގަސްޓް 2018 އާއި 20 އޮގަސްޓް 2018 އާ ދެމެދު، ހުވަދޫ ސްކޫލު ގައެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6840070 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

02 އޮގަސްޓް 2018

 

02 އޮގަސްޓް 2018
ހޯދާ