މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިވާޒާތުގެ ކުނިއުކާލުމާބެހޭ

އިޢުލާން    

           ކުނިވާޒާތުގެ ކުނިއުކާލުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު: IUL)335-AS/335/2018/52 އިޢުލާން އާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް އެކަށީގެންވާވަރަށް ވުރެން ބޮޑުކަމަށް ފެންނާތީ އެ އިޢުލާންތައް ބާޠިލްކޮށް އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

          ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ރަގަޅު ޙައްލެއް ހޯދުމުގެ މަޤްސަދުގައި ކުނިކޮށްޓަށް އުކާލާ ކުނިވާ ޒާތުގެ ކާބޯތަކެތި ކަނޑަށް އުކާލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

          ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 އޯގަސްޓް 2018 ވާ އާދިއްތަދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 އޯގަސްޓް 2018 ވާ އަންގާރަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     

         މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

             މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

01 އޮގަސްޓް 2018
ހޯދާ