މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް

 

އިޢުލާން

މި މިނިސްޓްރީގެ  ދަށުން ހިނގަމުންދާ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ތިރީގައި މިދަންނަވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމު

ލެބޯރެޓަރީ ޓެކްނޮލޮޖިސްޓް

މަޤާމުގެ ނަންބަރު

J-235166, , J235164

ބޭނުންވާ އަދަދު

02 (ދެއެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ލެބޯރެޓަރީ އެންޑް ރިސަރޗް ޑިވިޝަން، ޓީ.ޓީ އައި އެންޑް އެންޓިބޮޑީ ސްކްރީނިންގ ސެކްޝަން

މަޤާމު އޮތް އޮފީސް

މޯލްޑިވިއަން ބްލަޑް ސަރވިސަސް، ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް، ކ. މާލެ

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  4. ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް
  5. ސަޕޯޓިންގ ކޯ އެލެވެންސް 2 ގޮތުގައި މަހަކު 700/-ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ލެބޯޓްރީގައި ކުރަންޖެހޭ އަދި ކުރަމުންގެންދާ ހުރިހާ ޓެސްޓްތައް ކުރުމާއި ތެލެސީމިއާ ކުދިންނާއި، ޑޯނަރުންނާއި، ތެލެސީމިއާ ޓެސްޓްކުރަން އަންނަ މީހުންގެ ލޭ ނެގުން.
  2. ތެލެސީމިއާ ސްކްރީން ކުރުމަށް އަންނަ ފަރާތްތައް ރަޖިސްޓްރީކޮށް ބްލަޑް ސާމްޕަލްތައް ނަގައި ޑައިގްނޯސިސް ކުރުމުގެ ހުރިހާ މަސައްކަތެއްކޮށް ރިޕޯޓްތައް ތައްޔާރުކޮށް ނަތީޖާ ދޫކުރުން.
  3. ލޭ ޕްރޮސެސް ކުރުމާއި ލޭގެ މާއްދާތައް ވަކިކުރުމާއި ރައްކާތެރި ލޭ ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ތަޙުލީލުތައްކޮށް އޭގެ ރިޕޯޓް ތައްޔާރުކޮށް ފައިލްކޮށް ބެލެހެއްޓުން.
  4. ލެބޯޓްރީގައި ބޭނުންކުރަމުންދާ ހުރިހާ އިކުއިޕްމަންޓްސްތައް މެއިޓެނެންސްކޮށް ދުވަހުން ދުވަހަށް ސާފުކޮށް ބެލެހެއްޓުން.
  5. ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި ތެލެސީމިއާ އެންޑް އަދަރ ހީމަގްލޮބިނޯޕަތީސްއާ ގުޅޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެހީތެރިވެދީ އައުޓްޑޯ ތެލެސީމިއާ ސްކްރީނިންގް ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  7. ލޭ ހަދިޔާ ކުރުމާ ބެހޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމާއި، އަލަށް ލޭ ހަދިޔާ ކުރުމަށް އެދޭ ފަރާތްތައް އިތުރުކޮށް ދާއިމީ ގޮތެއްގައި ލޭހަދިޔާ ކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތަކުގަ އާއި ބްލަޑް ކޭންޕްތަކުގައި ބައިވެރިވުން.
  8. ބްލަޑް ބޭންކް އަދި ލެބޯޓްރީއަށް އަލަށް ބޭނުންވާ ޕްރޮޓޮކޯލްސްތަކާ، އެސް.އޯ.ޕީ ތައް ލިޔުމަށް އެހީތެރިވެދިނުން.
  9. ބްލަޑް ބޭންކް އަދި ލެބޯޓްރީއަށް ބޭނުންވާ ތަކެތީގެ ސްޓޮކް އަޕްޑޭޓްކޮށް ހުސްނުވާގޮތަކަށް ސްޓޮކް ބެލެހެއްޓުމަށް އެހީތެރިވުން.

10. ބަލިމީހަކާއި ބެހޭ ގޮތުން ނުވަތަ އެހެން ގުޅުން ހުރި ފަރާތަކުން އާދަޔާޙިލާފު ކަމެއް ހިގައިފިނަމަ ލަސްނުކޮށް ސްޕަވައިޒަރަށް އެންގުން.

11. ލެބޯޓްރީން ނައްތާލަންޖެހޭ މެޑިކަލް އަދި ނުރައްކާތެރި ތަކެތި ނައްތާލުމުގެ ކުރިން ޑިސްއިންފެކްޓް ކުރުމާއި އެތަކެތި ކަންޑައެޅިފައިވާ އުސޫލުގެ މަތިން ނައްތާލުން.

12. ލެބޯޓްރީން ދޫކުރާ ނަތީޖާތަށް ދޫކުރުމުގެ ކުރީން ޗެކްކޮށް ބެލުމާއި، ލެބޯޓްރީ އިންވެންޓްރީ ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް

މެޑިކަލް ލެބޯޓަރީ ނުވަތަ މެޑިކަލް ސައިންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދު ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދޫކުރާ މުއްދަތު ހަމަނުވާ ރަޖިސްޓްރޭޝަން ކޮޕީ

9.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 އޮގަސްޓް 2018 އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މ މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2018 ވަނަ އަހަރުގެ އޮގަސްޓް އަދި ސެޕަޓެމްބަރ 15 ގެ ކުރިން މޯލްޑިވިއަން ބްލަޑް ސަރވިސަސް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ.

 

 

 

 

 

                

 

01 އޮގަސްޓް 2018
ހޯދާ