މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އާއިލާ ރޭވުމުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޕްރޮގްރާމާއި ވިޓަމިން އޭ، ފަނީ ބޭސް އަދި އަޔަން ފޮލިކް އެސިޑް ސަޕްލިމެންޓޭޝަން ޕްރޮގްރާމް ރިވިއުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އާއިލާ ރޭވުމުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޕްރޮގްރާމާއި ވިޓަމިން އޭ، ފަނީ ބޭސް އަދި އަޔަން ފޮލިކް އެސިޑް ސަޕްލިމެންޓޭޝަން ޕްރޮގްރާމް ރިވިއުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 05 އޯގަސްޓް 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 އޯގަސްޓް 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

17 ޒުލްޤައިދާ 1439

30 ޖުލައި 2018
ހޯދާ