އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ބޭނުމަށް 1.5 ޓަނުގެ ޕިކަޕެއް ގަނެދޭނެ ފަރާތެއް ހޯދުން

                                                     ނަމްބަރ: IUL)345-CAA/345/2018/27)

އިޢުލާން

މިކައުންސިލްގެ ބޭނުމަށް 1.5 ޓަނުގެ ޕިކަޕެއް ގަނެދޭނެ ފަރާތެއް ހޯދުން:

 

މި އިދާރާގެ ނަމްބަރ: IUL)345-CAA/345/2018/23)  އިޢުލާނަށް އިޖާބަދީ އަންދާސީ ހިސާބު ހުށަހަޅަން ދުރުވި ފަރާތްތަކުގެ އަދަދު އެކަށީގެންވާ ވަރަށް ވުރެ މަދުވުމުގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މި ކައުންސިލްގެ ބޭނުމަށް 1.5 ޓަނުގެ ޕިކަޕެއް ގަންނަން ބޭނުންވެއްޖެއެވެ. 

ވީމާ،ޕިކަޕް ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 އޮގަސްޓް 2018 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 އޮގަސްޓް 2018 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މި ޢިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " އއ. މާޅޮހުކައުންސިލްއިދާރާގެ ބޭނުމަށް 1.5 ޓަނުގެ ޕިކަޕެއް ވިއްކުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ.

     މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

  • މަސައްކަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

70%

އަގު

(Submitted years of experience / Benchmark  years  ) x Allocated Percentage

  • ވޮރަންޓީދެވޭނެ މުއްދަތު ( އަހަރު )
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން އެންމެދިގުމުއްދަތަކަށް ވޮރަންޓީދޭ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ދިގު މުއްދަތަކަށް ވޮރަންޓީ ދޭ ފަރާތަކަށެވެ.

20%

ވޮރަންޓީ

(Profile marks / Benchmark Profile marks) x Allocated Percentage

  • 04 ފުރޮޅުލީ ވެހިކަލް އެންމެގިނައަދަދަކަށް އެތެރެކޮށްފައިވާ ފަރާތް
  • މާކްސް ދެވޭނީ އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން 04 ފުރޮޅުލީ ވެހިކަލް އެންމެގިނަ އަދަދަކަށް އެތެރެކޮށްފައއިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ ތަޖުރިބާގެ މެދުގައި ލިބޭ % އެއް

10%

ތަޖުރިބާ

25 ޖުލައި 2018
ހޯދާ