ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން.

އިއުލާން

 

 

             ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނުނު ( ޤާނުނު ނަންބަރު 2010/7) ގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖުލައި މަހު ބާއްވަންޖެހޭ ބައްދަލުވުން  2018 ޖުލައި 31 ވާ އަންގާރަ ދުވަހުގެ ރޭ 08:30 ގައި ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައި އޮންނާނެއެވެ.

            މި ބައްދަލުވުމުގައި ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވާލާއި ބަޖެޓް ހުށަހެޅޭނެއެވެ.

            ވީމާ، މި  ބައްދަލުވުމަށް  ރައްޔިތުން ވަޑައިގެންދެއްވުން އެދި ދެންނެވީމެވެ.

               12 ޛުލްޤައިދާ 1439

25 ޖުލައި 2018
ހޯދާ