ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ޗީފް އެގްޒެމިނަރ (ދިވެހި) ، ޗީފް އެގްޒެމިނަރ (އިސްލާމް)

ނަންބަރު: IUL)120/1/2018/42)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ޗީފް އެގްޒެމިނަރ (ދިވެހި) ،  ޗީފް އެގްޒެމިނަރ (އިސްލާމް)

ގިންތި:

-          ކޮންޓްރެކްޓް

-          އެހެން ވަޒީފާއެއް އަދާކުރައްވާ ފަރާތަކަށްވެސް މިވަޒީފާ އަދާ ކުރެވޭނެއެވެ. 

ބޭނުންވާ ޢަދަދު

02

ދިވެހި  މާއްދާއަށް 01 /އިސްލާމް މާއްދާއަށް 01

ޢުޖޫރަ:

ރިޓެއިނިންގ އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު -/3000 (ތިންހާސް) ރުފިޔާ އަދި މަހަކު 12 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ.

މުއްދަތު:

03 (ތިނެއް) އަހަރު ދުވަސް.

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ލިބިފައިވުމާއެކު އޮޑިޓިންގ އެގްޒޭމިނަރ/ މޮޑަރޭޓިންގ އެގްޒޭމިނަރ ގޮތުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

- ތިން މެންބަރުން ހިމެނޭ އިމްތިޙާނު ކޮމިޓީގެ އެންމެއިސް މެންބަރުގެ ގޮތުގައި ޕޭޕަރ ސެޓަރާއި ކޮމިޓީގެ މެންބަރާއި، ވަކި މަސައްކަތްތައް ހަވާލުކޮށް، މަސައްކަތްތައް ވިލަރެސް ކުރުމާއި ބެލެހެއްޓުން.

- ޓޭބަލް އޮފް ސްޕެސިފިކޭޝަނާ އެއްގޮތަށް އިމްތިހާނުގެ ސުވާލުކަރުދާސް ތައްޔާރުކުރުމަށް ޕޭޕަރ ސެޓަރއަށް މަސައްކަތް ހަވާލުކޮށް، މަސައްކަތް ކުރާނޭ ގޮތުގެ އިރުޝާދު ދިނުން

- ސުވާލުކަރުދާސްތަކާއި މާކިންގ ސްކީމްތައް އެކުލަވާލެވިފައިވަނީ ސުވާލުކަރުދާސްތައް އެކުލަވާލުމަށް ކަނޑައެޅިފައިވާ މަޤްޞަދުތަކާއި އުޞޫލުތަކާއި ހަމަތަކާ (ޓޭބަލް އޮފް ސްޕެސިފިކޭޝަނާ) އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.

- ސުވާލުކަރުދާސްތަކާއި މާކިންގ ސްކީމްތައް ޕްރޫފު ރީޑްކޮށް، ގެންނަންޖެހޭ ބަދަލެއްވާނަމަ ގެނައުން.

- ސުވާލުކަރުދާސްތަކާއި މާކިންގ ސްކީމްތައް ޕްރިންޓް ކުރުމުގެ މަސައްކަތް މޮނިޓަރކޮށް ބެލުން.

- މާކަރުންނަށް ތަމްރީން ދިނުމާއި މާކަރުން ކަނޑައެޅުމުގެ ވަރކްޝޮޕް ރާވައި ހިންގުން.

- މާކިންގ ސްކީމް ފައިނަލް ކުރުމުގެ ބައްދަލުވުންތައް ބާއްވައި، މާކިންގ ސްކީމުތަކާއި އެއާ ގުޅުންހުރި އިދާރީ މަސައްކަތްތައް އެގްޒޭމިނަރުންނަށާއި މޮޑަރޭޓަރުންނަށާއި މާކަރުންނަށް ކިޔައިދީ، އޭގައިވާ ގޮތަށް ކޮންސިސްޓަންޓްކޮށް އަދި އެކިއުރޭޓްކޮށް ސުވާލުތައް މާރކް ކުރޭތޯ ބެލުން.

- މާކިންގެ މަސައްކަތް ސުޕަވައިޒްކޮށް، ސްޓޭންޑަޑްތަކާ އެއްގޮތަށް މަސައްކަތް ދޭތޯ މޮނިޓަރކޮށް ބެލެހެއްޓުން.

- އިމްތިޙާނުތަކުގެ ކަންތައްތައް ދިޔަގޮތުގެ ރިޕޯޓް ތައްޔާރުކޮށް ޑީ.ޕީ.އީ އާ ހަވާލު ކުރުން.

- އިމްތިޙާނުގެ ނަތީޖާ އަލުން ބަލަން އެދޭ ކެންޑިޑޭޓުންގެ ނަތީޖާ ބެލުމުގެ ކަންތައް އިންތިޒާމް ކުރުން.

- މާއްދާގެ ނަތީޖާތައް އެނަލައިޒްކޮށް، ތަފާސްހިސާބުތައް އެކުލަވާލާ މާއްދާ ރިޕޯޓް ތައްޔާރުކުރުން

 

 

މަޤާމް

ޕޭޕަރ ސެޓަރ (ދިވެހި)، ޕޭޕަރ ސެޓަރ (އިސްލާމް)

ގިންތި:

-          ކޮންޓްރެކްޓް

-          އެހެން ވަޒީފާއެއް އަދާކުރައްވާ ފަރާތަކަށްވެސް މިވަޒީފާ އަދާ ކުރެވޭނެއެވެ.

ބޭނުންވާ ޢަދަދު

02

ދިވެހި  މާއްދާއަށް 01 / އިސްލާމް މާއްދާއަށް 01

ޢުޖޫރަ:

ކޮންޓްރެކްޓް މުއްދަތުގައި ކުރާ މަސައްކަތުގެ ވަގުތު ކަނޑައަޅައި، ކޮންމެ ގަޑިއަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ

މުއްދަތު:

03 (ތިނެއް) އަހަރު ދުވަސް  

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ލިބިފައިވުމާއެކު ޤައުމީ އިމްތިހާނަށް ތައްޔާރުކުރުމުގެ ގޮތުން ސްކޫލްތަކުގައި ބާއްވާ މޮކް އެގްޒޭމްގެ ފޭޕަރ ތައްޔާރުކުރުމުގެ ޢަމަލީ މަސައްކަތުގެ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 ނުވަތަ

  1. މި ޑިޕާޓްމަންޓުން ބާއްވާ ޤައުމީ އިމްތިހާނުގެ ޕޭޕަރު މަދުވެގެން 2 ފަހަރު ތައްޔާރުކޮށްފައިވުން ނުވަތަ އިމްތިޙާނު ކޮމިޓީގައި ޕޭޕަރ ސެޓަރެއްގެ ގޮތުން ކުރިން މަސައްކަތް ކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

-          އިމްތިޙާނުގެ ސުވާލުކަރުދާސް އެކުލަވާލުމަށް ބޭނުންވާ އެސެސްމަންޓް ބްލޫ ޕްރިންޓް އެކުލަވާލުން

-          އެޗް.އެސް.ސީ/ އެސް.އެސް.ސީ އިމްތިޙާނުގެ ސުވާލުކަރުދާހާއި މާކިންސްކީމް އެކުލަވާލުން.

-          އިމްތިޙާނުގެ ޖަވާބުކަރުދާސްތައް މާކުކުރުމާއި ނަތީޖާތައް ޕްރޮސެސްކޮށް، އެއިން ގްރޭޑްތައް ކަނޑައެޅުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

-          އިމްތިޙާނުގެ ސުވާލުކަރުދާސްތައް ޕްރިންޓްކުރުމުގައި އެހީތެރިވެދިނުން.

-          އިމްތިޙާނު ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން.

 

މަޤާމް

އިމްތިޙާނު ކޮމިޓީގެ މެންބަރު (ދިވެހި)، އިމްތިޙާނު ކޮމިޓީގެ މެންބަރު (އިސްލާމް)

ގިންތި:

-          ކޮންޓްރެކްޓް

-          އެހެން ވަޒީފާއެއް އަދާކުރައްވާ ފަރާތަކަށްވެސް މިވަޒީފާ އަދާ ކުރެވޭނެއެވެ.

ބޭނުންވާ ޢަދަދު

02

ދިވެހި  މާއްދާއަށް 01 / އިސްލާމް މާއްދާއަށް 01

ޢުޖޫރަ:

ކޮންޓްރެކްޓް މުއްދަތުގައި ކުރާ މަސައްކަތުގެ ވަގުތު ކަނޑައަޅައި، ކޮންމެ ގަޑިއަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ

މުއްދަތު:

03 (ތިނެއް) އަހަރު ދުވަސް  

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ލިބިފައިވުމާއެކު އޮޑިޓިންގ އެގްޒޭމިނަރ/ މޮޑަރޭޓިންގ އެގްޒޭމިނަރ ގެ ގޮތުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 ނުވަތަ

  1. އިމްތިޙާނު ކޮމިޓީގައި ކުރިން މަސައްކަތް ކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

-          އިމްތިޙާނުގެ ސުވާލުކަރުދާސް އެކުލަވާލާ ފަރާތުން ތައްޔާރުކޮށްފައިވާ ސުވާލުކަރުދާހުގައިވާ ވަކިވަކި ސުވާލުލުތައް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯބަލައި ޗެކުކުރުން.

-          ސުވާލުކަރުދާހުގެ އެކިއެކި ސުވާލުތަކުގެ ކޮންސިސްޓަންސީ ހުރިމިންވަރު ބަލައި ފާހަގަ ކުރެވޭ ކަންތައް ކޮމިޓީއަށް ހުށައެޅުން.

-          އިމްތިޙާނުގެ ސުވާލުކަރުދާހުގެ ފަސޭހަ، އުދަގޫ މިންވަރު ބަލައި ޗެކްކުރުން.

-          ސުވާލު ކަރުދާހުގެ ކުށް ކެނޑުން.

-          އިމްތިޙާނު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އިމްތިޙާނު ކަރުދާސްތައް މާކުކުރުވުމުގެ މަސައްކަތް ކުރުން.

-          އިމްތިޙާނު ކަރުދާސްތައް ޕްރިންޓްކުރުމުގައި އެހީތެރިވެދިނުން.

-          އިމްތިޙާނު ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން.

 

 

އެންމެ ގާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން

-          ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށް ބަލައިގެން،

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ޢަމަލީ ތަޖްރިބާއަށް ބަލައިގެން،

-          ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން،

 

އިންޓަރވިއު ކުރުން:

މިމަގާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

 

 

 

 

 

 

 

 

 

            ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 އޮގަސްޓް 05 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން އީމެއިލް މެދުވެރިކޮށް މި ޑިޕާޓްމަންޓުގެ މެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މެއިލްގައި ޝައުޤުވެރިވާ މާއްދާ، ކުރިމަތިލާ މަޤާމު، ފުރިހަމަ ނަން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރު ލިޔުއްވުން އެދެމެވެ. އެގްޒޭމިނަރުންގެ ދަފްތަރުގައި ރެޖިސްޓްރީ ވެފައިނުވާ ފަރާތްތަކުން އެގްޒޭމިނަރުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް ފޯމާއެކު މަޤާމުތަކަށް ޝައުޤުވެރިކަން ފާޅުކުރެއްވުމަށް ވެސް ދަންނަވަމެވެ.

            12  ޛުލްޤައިދާ   1439

            25  ޖުލައި     2018

25 ޖުލައި 2018
ހޯދާ