ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

ޕްލޭނިންގ އޮފިސަރ

މަޤާމް:

ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރ:

J-256059

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

އެމް.އެސް 1

މަޤާމްގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަސައްކަތް ކުރަންޖެހޭ ތަން

ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް،ކުރެންދޫކައުންސިލްގެ އިދާރާ

މުސާރަ:

-/5610 ރުފިޔާ

ސާރވިސް އެލަވަންސް:

-/2000 ރުފިޔާ

ސަޕޯރޓިންގ ކޯ އެލަވަންސް:

-/700 ރުފިޔާ

އެހެނިހެން އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ރަމަޟާންމަހުގެ މުނާސަބަތުގައި ދޭ ޚާއްޞަ އެލަވަންސްގެ ފައިސާ

ބޭނުންވާ ޢަދަދު:

01 (އެކެއް)

އަސާސީ ޝަރުތު:

1-     ބިޒްނަސް އެޑްމިނިސްޓްރެޝަން، ނުވަތަ ބިޒްނަސް މެނޭޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ނުވަތަ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • ·         ރަށުގެ ވަށައިގެންވާ ސަރަޙައްދުތަކުގެ ސާފްތާހިރުކަން ބެލުމާ ތިމާވެށި ރައްކާތެރިކުރުމާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ·         ޕްލޭން ކުރުމާއި ސާރވޭ ކުރުމާއި ރަށުގެ ޗާޓާއި ބިމުގެ އަޑީގައި ވަޅުލެވޭ ހޮޅި، ކޭބަލްފަދަ ތަކެތީގެ ޗާޓް ތައްޔާރު ކުރުމާއި އެކަންކަން ބެލެހެއްޓުން.
  • ·         އަލަށްބޭނުންވާ ކަންކަމަށް ޕްރޮޖެކްޓާއި، ޕްރޯޕޯސަލް ހެދުމައި، ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅައި އެހީ ހޯދުމުގެ ކަންތައްތަކުގައި ޕްރޮޖެކްޓް އޮފިސަރަށް އެހީވުން.
  • ·         ރަށުގައި ޕްރޮޖެކްޓްތަކާއިބެހޭ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމާއި ބަލަހައްޓަންޖެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  • ·         ތަރައްގީގެ ޕްލޭން އެކުލަވާލުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި ކަމާބެހޭގޮތުން ރެކޯޑްތައް ބެލެހެއްޓުން.
  • ·         އިންޓަރނެޓް ޖެމްސް، ކޭބަލް ޓީވީ، ދިރާގް އަދި އުރީދޫއިން ދެމުން ގެންދާ މުޢާޞަލާތީ ޚިދުމަތްތަކާއި ބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  • ·         މުވައްޒަފުންގެ ކިބައިގައި އިންފޮރމޭޝަން ޓެކްނޮލޮޖީ އާއިބެހޭ ހުނަރު އިތުރު ކުރުމަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިޔުމަން ރިސޯސްއާއި ބެހޭ ބަޔާއި ގުޅިގެން ހިންގުން.
  • ·         އިންފޮރމޭޝަން ޓެކްނޮލޮޖީއާއި ތަފާސް ހިސާބާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  • ·         ދަތުރު ފަތުރުގެ ނިޒާމާއި ބެހޭ ގޮތުންކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ·         އިޖުތިމާޢީ މަރުކަޒްތަކާއި ކުޅިވަރާއި ބެހޭ ދަނޑުތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަޞީލަތްތަކާއި އާންމު ޕާކްތަކައި މުނިފޫހިފިލުވުމާއި ބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  • ·         ކައުންސިލް އިދަރާއިގެ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ބަލައި މަސައްކަތްތަކަށް ދަތި ނުވާ ގޮތެއްގެ މަތިން މައްސަލަތައް ޙައްލުކުރުން.
  • ·         ގޯތި ދޫކުރުމާއި ބިންބިމުގެ މައްސަލަތަކާއި ގުޅިގެން ތައްޔާރު ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
  • ·         ރަށުގެ ގިރަމުންދާ ސަރަޙައްދުތައް ބަލައި އެކަމުގެ މަޢުލޫމާތު ކަމާގުޅޭ ހުރިހާ ދާއިރާތަކަށް ފޮނުވުމާއި އެކަން ހައްލުކުރަން މަސައްކަތް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1-     ލާމަރުކަޒީ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

2-     ސިވިލް ސަރވިސް ޤާނޫނަށާއި ސިވިލް ސަރވިސް ޤަވާއިދަށް އަހުލުވެރިވުން.

3-     މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

4-     ދާއިރާއާގުޅޭ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

އިންޓރަވިއު އަދި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ  މުއްދަތުތަކާއި އޮންނާނެތަން

މިމަޤާމަށް އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ 07 އޮގަސްޓް 2018 އާއި 09 އޮގަސްޓް 2018 ދެމެދުގެ ދުވަހެއްގައި ހެނދުނު 09:00ން ރޭގަނޑު 22:00އާއި ދެމެދުގެ ވަގުތެއްގައި ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާގައެވެ.

  • ·         އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: 05 އޮގަސްޓް 2018ވާ (އާދީއްތަ) ދުވަހުގެ 14:00ގެ ކުރިން ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާ އަށެވެ.
  • ·         ހުށަހަޅަންޖެހޭ ލިޔުންތައް:

1-     ފުރިހަމަކޮށްފައިވާ އެޕްލިކެޝަން ފޯމް.

2-     ސިވިލްސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

  

3-     ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4-     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް

5-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6620001 ފޯނާއެވެ. ފެކްސް ނަމްބަރަކީ 6620001އެކެވެ.

އީމެއިލް އެޑްރެހަކީ [email protected].mv : އެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖުލައި 2018
ހޯދާ