ވަޒީފާގެ ފުރުޞަތު
|
ޕްރޮޖެކްޓް އޮފިސަރ
|
މަޤާމް:
|
ޕްރޮޖެކްޓް އޮފިސަރ
|
މަޤާމުގެ ނަންބަރ:
|
J-284324
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
ރޭންކް:
|
އެމް.އެސް 1
|
މަޤާމްގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މަސައްކަތް ކުރަންޖެހޭ ތަން
|
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
|
ސެކްޝަން:
|
އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް
|
މުސާރަ:
|
-/5610 ރުފިޔާ
|
ސާރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
ސަޕޯޓިން ކޯ އެލަވަންސް:
|
-/700 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ރަމަޟާންމަހުގެ މުނާސަބަތުގައި ދޭ ޚާއްޞަ އެލަވަންސްގެ ފައިސާ
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
އަސާސީ ޝަރުތު:
1- ބިޒްނަސް އެޑްމިނިސްޓްރޭޝަން، ނުވަތަ ބިޒްނަސްމެނެޖްމެންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ނުވަތަ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
|
މަޤާމުގެ މަސްޢޫލިއްޔަތު:
- ރަށުތަރައްޤީ ޕްލޭން ކުރިޔަށް އޮތް އަހަރަށް ތައްޔާރުކުރުމާއި މިއިދާރާގެ މުވައްޒަފުންނާއި ގުޅިގެން ރަށުތަރައްޤީ ޕްލޭން ތަންފީޒުކުރުމަށް މަސައްކަތްކުރުމާއި ކުރެންދޫގެ ތަރައްޤީއަށްޓަކައި މަޝްރޫޢުތައް އެކުލަވާލުމާއި މަޝްރޫޢުތައް ހިންގުން.
- ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ޢިމާރާތްތަކާއި މުދަލުގެ އިންވެންޓްރީ ބެލެހެއްޓުމާއި ކުރެންދޫ ކައުންސިލް އިދާރާއަށް ބޭނުންވާ އެންމެހާ ތަކެތި ދައުލަތުގެ ޤަވާޢިދާ އެއްގޮތަށް ހޯދާ ދިނުމާއި އެތަކެތީގެ ސޮޓޮކް ބެލެހެއްޓުމާއި ކުރެންދޫ މިސްކިތްތަކަށް ބޭނުންވާ އެންމެހައި ތަކެތި ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް ހޯދާދިނުމާއި އެތަކެތީގެ ސޮޓޮކް ބެލެހެއްޓުމާއި ކުރެންދޫ ބަނދަރު ބައްތި، އިޖުތިމާޢީ ސަރަޙައްދު އަދި މަގު ބައްތިތަކަށް ބޭނުންވާ ތަކެތި ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް ހޯދާދިނުމާއި އެތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި އަދި ކައުންސިލާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުން.
- ސަރުކާރާއި ރައްޔިތުން ރުއްގަސް ބެލެހެއްޓުން
- ކުރެންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުން ކޮންޓްރެކްޓް އުސޫލުން ކުރެވޭ މަސައްކަތްތައް ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތަށް ހިންގައި ބެލެހެއްޓުމާއި ކޮންޓްރެކްޓް އުސޫލުން ކުރެވޭ މަސައްކަތްތަކުގެ ސައިޓް ލޮގު ބެލެހެއްޓުން.
- ކުރެންދޫ ރައްޔިތުންނަށް ދެވޭ އަސާސީ ޚިދުމަތްތައް ދެމެހެއްޓުމާއި ތަރައްޤީކުރުން
- ކުރެންދޫގެ ތަރައްޤީއަށް ސަރުކާރާއި އެހެނިހެން ފަރާތްތަކުން ރާވާ ހިންގާ މަޝްރޫޢުތަކަށް ލަފާދިނުމާއި ސަރުކާރުގެ ނުވަތަ ބޭރުގެ ނުވަތަ ރާއްޖޭގެ ޖަމްޢިއްޔާތަކާއި ކުންފުނިތަކުގެ ބޭނުންތަކުގައި ކުރެންދުއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް އެއްބާރުލުން ދިނުން.
- ކުންފުނިތަކުގެ ބޭނުންތަކުގައި ކުރެންދުއަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް އެއްބާރުލުން ދިނުން.
- ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުން
- ރަށުކައުންސިލުން ދިނުމަށް އެކިއެކި ޤާނޫނުތަކުގެ ދަށުން ކަނޑައަޅާ ޚިދުމަތްތައ ޤާއިމްކުރުމާއި، އެފަދަ ޚިދުމަތްތައް މެދުކެނޑުނަނުދީ ދެމެހެއްޓުމަށް ބޭނުންވާ ސިޓީ، މެސެޖު ފަދަ ލިޔުންތައް ކަމާއިގުޅޭ އިދާރާތަކަށް ފޮނުވުން.
- ކައުންސިލްގެ ބެލުމުގެ ދަށުން، ސަރުކާރުގެ ފަރާތުން ނުވަތަ ރައްޔިތުންގެ ނަމުގައި ކުރެންދޫގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި މާލިއްޔަތުގެ ޤަވާޢިދާ އެއްގޮތަށް ހޯދުން
- ކައުންސިލަށް އާމްދަނީ ލިބޭނެ މަސައްކަތްތައް ރާވާހިންގުމާއި ބެލެހެއްޓުން.
- ހޮޓާ، މަޝްރޫޢުތަކަށް ބޭނުންވާ ހުއްދަތަކާއި، އިމްޕޯރޓް މުދާ ވިއްކުމުގެ ހުއްދަ ތައްޔާރު ކުރުން.
- ރަސްމީ މަސައްކަތާ ގުޅޭގޮތުން އިދާރާއިން ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ އެންމެހައި ލިޔެކިއުން ފޮނުވުން.
- އިމްޕޯޓް މުދާ ވިއްކުމުގެ ސެޓްފިކެޓް ހެއްދުން.
- ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 10 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯރޓް ތައްޔާރުކޮށް ފޮނުވުން.
- ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން، ފާއިތުވި އަހަރު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލް ރިޕޯރޓް ތައްޔާރުކޮށް ފޮނުވުން.
- ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށު ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިޔަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ތައްޔާރުކުރުމާއި، ފޮނުވުން.
- ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 3 (ތިނެއް) މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީ ޕްލޭނަށް އަމާޒުކޮށް ކުރިޔަށް އޮތް 05 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރުން.
- ރަސްމީ މަސައްކަތާ ގުޅޭގޮތުން އިދާރާއިން ކުރުމަށް ޙަވާލުކުރެވޭ އެންމެހާ ކަންތައްތައްކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:
1- ލާމަރުކަޒީ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.
2- ސިވިލް ސަރވިސް ޤާނޫނަށާއި ސިވިލް ސަރވިސް ޤަވާއިދަށް އަހުލުވެރިވުން.
3- މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.
4- ދާއިރާއާގުޅޭ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.
|
އިންޓރަވިއު އަދި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެތަން
މިމަޤާމަށް އިންޓަރވިއުކުރުމާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ 07 އޮގަސްޓް 2018 އާއި 09 އޮގަސްޓް 2018 ދެމެދުގެ ދުވަހެއްގައި ހެނދުނު 09:00ން ރޭގަނޑު 22:00އާއި ދެމެދުގެ ވަގުތެއްގައި ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާގައެވެ.
- އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: 05 އޮގަސްޓް 2018ވާ (އާދީއްތަ) ދުވަހުގެ 14:00ގެ ކުރިން ފާދިއްޕޮޅު ކުރެންދޫކައުންސިލްގެ އިދާރާ އަށެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަކޮށްފައިވާ އެޕްލިކެޝަން ފޯމް.
2- ސިވިލްސަރވިސް އަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.
3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދަރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް
5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6620001 ފޯނާއެވެ. ފެކްސް ނަމްބަރަކީ 6620001އެކެވެ.
އީމެއިލް އެޑްރެހަކީ info@kurendhoo.gov.mv : އެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.