ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ވާރޭފެން އެޅުމަށްޓަކައި ކަޅުހަންތަކެއް ބެހެއްޓުމަށް

  1. މިމަރުކަޒުންދޭ މަޢުލޫމާތާ އެއްގޮތަށް މިމަރުކަޒުގެ ވާރޭފެން އެޅުމަށްޓަކައި ކަޅުހަންތަކެއް ބެހެއްޓުމުގެމަސައްކަތްކޮއްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ޖުލައި 25 އިން 2018 އޮގަސްޓް 02 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 އޮގަސްޓް 02 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 އޮގަސްޓް 05 ވާ އާދިއްތަ ދުވަހުގެ 12:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 5. ނަންނޯޓް ނުކުރައްވާ ފަރާތަކަށް މަޢުލޫމާތު ސާފުކުރުމުގައާ އަންދާސީހިސާބުހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

 6. ބިޑް ހުޅުވުން އޮންނާނީ 2018 އޮގަސްޓް 07 ވާ އަންގާރަ ދުވަހުގެ 12:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 8. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ހއ.އަތޮޅު ތަޢުލީމީ މަރުކަޒު

  ސާރުލްއަމީން މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014, 6500076

  އީ-މެއިލް: [email protected],mv

 ކޮޕީ އީ-މެއިލް: [email protected]

25 ޖުލައި 2018
ހޯދާ