މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ަފަޅުވެރި (ސީއެމްބިއުލަންސް)

ގދ. ތިނަދޫގައި އޮންނަ ސީ އެމްބިއުލަންސްއަށް  ކޮންޓްރެކްޓް އުޞޫލުން މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.

 

މަޤާމު:

ފަޅުވެރި

ބޭނުންވާ އަދަދު:

1

މުސާރަ:

(މަހަކު) -/4465 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/1500 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ 

ސްޕެޝަލް ޑިއުޓީ އެލަވަންސްއަށް މަހަކު 1562.75 ރުފިޔާގެ އިތުރުން ޔުނީފޯމް އެލަވަންސްއަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. ( މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު 7627.75 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން  ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ އާއި،  ޝިފްޓް ޑިއުޓީ އެލަވަންސްއާއި، އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އާއްމުކޮށް މަސައްކަތް ކުރަންޖޭ ތަން:

ގދ. ތިނަދޫ އަދި ސީ އެމްބިއުލަންސް އޮންނަ ސަރަހައްދުގައި

ފެންވަރު ނުވަތަ ޝަރުތު:

 

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ކަނޑުމަތީ އުޅަނދުފަހަރުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުމާއި ގިނަ ވަގުތު ކަނޑުމަތީ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ފަޅުވެރިއެއްގެގޮތުން ރައްކާތެރިކަމާއެކު ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން އެއްރަށުން އަނެއްރަށަށް އުފުލުމުގައި ޑްރައިވަރަށް އެހީތެރިވުން.

އިތުރު މަޢުލޫމާތު:

މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ 07 އޯގަސްޓް 2018 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ ގދ. އަތޮޅު ކައުންސިލް އިދާރާ އަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.

 

                 11 ޛުލްޤައިދާ 1439

                 24 ޖުލައި    2018

 

 

24 ޖުލައި 2018
ހޯދާ