ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެ

           މި އިދާރާއިން ދެމުންގެންދާ ޚިދުމަތްދިނުމަށް އިތުރު އެހީތެރިކަން ހޯދުމަށާއި މިއިދާރާއިން ދެވޭޚިދުމަތެއް މެދުނުކެނޑި ދިނުމުގެ ގޮތުން ދިވެހި ސިވިލްސަރވިސްގެ ޤަވާޢިދުގައިވާ ގޮތުގެ މަތިން ކޮންޓްރެކްޓް އެމްޕްލޯއިމަންޓްގެ އުޞޫލުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ ފަރާތްތައް ހޯދުމަށް ވަނީ ބޭނުންވެފައެވެ. މި މަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން ހޯދުމުގައާއި، ހޮވުމުގައާއި، ލެއްވުމުގައި ޢަމަލުކުރާ އުޞޫލުންނެވެ.

 

  • ·       މަޤާމު:      މަސައްކަތު

ބޭނުންވާ ޢަދަދު:  04 (ހަތަރެއް)

މުސާރަ: މަހަކު 4100.00 ( ހަތަރުހާސް އެއްސަތޭކަ ރުފިޔާ )

ފެންވަރު ނުވަތަ ޝަރުޠު:

  1. ލިޔަންކިޔަންދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ގާބިލުކަން ސާބިތުކޮށްދިނުން ނުވަތަ މަޤާމުގެ މަސައްކަތުގެ ހުނަރު/ގާބިލުކަން ސާބިތުކޮށްދިނުމާއެކު އެސްއެސް1 ރޭން ނުވަތަ އެއަށްވުރެމަތީ ރޭންކަކާއެއްވަރުގެ މަގާމެއްގައި މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރުއުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަގާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކައުންސިލްއިދާރާއާއި އިދާރާގެ ބެލުމުގެދަށުގައިވާ (ކުނިކޮށި،ގަބުރަސްތާން،ޕްރީސްކޫލް،ރައްވެހި ހިޔާ،ކުޑިކުދިންގެ ޕާކް އަދި މިސްކިތް) ތަންތަން އެތަންތަނުގެ ގޯތިތަކާއި އެގޯތިތަކާގުޅިފައިވާ މަގުތައް ކުނިކަހާ ގަސްނޮޅާ ސާފުކުރުމާއި ކައުންސިލްއިދާރާއާ އިދާރާގެ ބެލުމުގެދަށުގައިވާ އިމާރާތްތަކާއި އެހެނިހެންތަންތަން ފޮޅާ ސަފުކުރުމާއި ފާހާނާތައް ސާފުކޮށް ބެލެހެއްޓުން އަދި ވަޒީފާއާގުޅިގެން ކުރުމައް ހަވާލުކުރެވޭ މަސައްކަތް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތްތައް ހޮވުމުގައި ބެލޭނެ ކަންތައްތައް:

-         ލިބިލައްވާފައިވާ ތަޢުލީމާއި ތަމްރީނު

-         ލިބިލައްވާފައިވާ މަސައްކަތުގެ ތަޖުރިބާ

-         މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

 

މަޤާމަށް ބޭނުންވާ މީހުން ހޮވުމަށްޓަކައި ބާއްވާ އިންޓަރވިއު އޮންނާނެ ތަނާއި ގަޑި:

  • މި މަޤާމުތަކަށް މީހުން ހޮވުމަށްޓަކައި ބާއްވާ އިންޓަރވިއު އޮންނާނީ ހދ. ނެއްލައިދޫ ކައުންސިލްގެ އިދާރާގައެވެ.
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މި މަޤާމުގެ ޝަރުޠު ފުރިހަމަވެ އިންޓަރވިއުއަށް ހޮވޭ ފަރާތްތަކާއެކު ބާއްވާ އިންޓަރވިއު މި އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 07 ( ހަތެއް ) ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ތަޢުލީމީ ސެޓްފިކެޓްތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.)
  •  ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އަދާކޮށްފައިވާ ވަޒީފާތަކާއި މުއްދަތު އެނގޭނެ ލިޔުން.

 

 

 

  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލު ގެންނަވަން ވާނެއެވެ.)
  • ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސްކޫލް ލީވިންގ ސެޓްފިކެޓްގެ އަޞްލު ގެންނަވަން ވާނެއެވެ.)

 

ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި: 2018 ޖުލައި 31 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6520041 ނަންބަރާއެވެ.

 

          މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

          09  ޛުލްޤައިދާ  1439ހ.

          22 ޖުލައި     2018މ.

22 ޖުލައި 2018
ހޯދާ