ދިވެހިރާއްޖެ
އިޢުލާން
ކައުންސިލުގެ ގެސްޓްހައުސް އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ގަތުން (ކުރީގެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުން)
މިކައުންސިލުގެ ބޭނުމަކަށް ތިރީގައި މިދަންނަވާ ތަކެތި ގަނެގެން މިރަށު ރައްކަލާމަގުގެ ހުޅަނގުކޮޅު އުތުރު ފަޅީގައި ކައުންސިލުން ގެސްޓްހައުސް އިމާރާކުރުމަށް ސާފުކޮށްފައިވާ ބިމާހަމައަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް 09 ޖުލައި 2018 ގައި ކުރެވުނު މިކައުންސިލުގެ ނަންބަރުIUL)456-ECMS/456/2018/32 ) އިއުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވުމުން އަލުން އިޢުލާންކުރީމެވެ.
ގަންނަން ބޭނުންވާ ތަކެތި:
- · ސިމެންތި
- · ދަގަނޑު (ފިއްޖެހި ދަގަނޑު، ރިންގު ދަގަނޑު)
- · ފުލައިވުޑްފިލާ
- · ބަންނަނަރު
- · ސްޑަޑް ރޮޑް
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 އޮގަސްޓް 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 09 އޮގަސްޓް 2018 ވާ ބްރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.
އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް
- އަގަށް 100 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 0)
އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް
ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
ށ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6800730 / 9655050 ފޯނާ ގުޅުއްވުން އެދެމެވެ.