ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މައިކްރޯ އެއަރ ކޮލިޓީ ސްޓޭޝަން ގަންނަން ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން، ސައިންސް އެންޑް ޓެކްނޮލޮޖީއަށް ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް މައިކްރޯ އެއަރ ކޮލިޓީ ސްޓޭޝަން ގަތުމަށް ބޭނުންވާތީ މިމަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.
  2. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ( ބާޒާރުގައި އާންމުކޮށް ލިބެންހުންނަ ބްރޭންޑްތަކަށް އިސްކަންދެވޭނެއެވެ.)
  3. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މި އިއުލާނާ އެޓޭޗް ކުރެވިފައިވާ ސްޕެސިފިކޭޝަނުގައިވާ މިނިމަމް ރިކްއަރމަންޓާއި ދިމާވާންވާނެއެވެ.
  4. މި ބީލަމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި އެވަނީއެވެ.

ހުށަހަޅާ އަގު:             75%

މުއްދަތު:                15%

ތަޖުރިބާ                10%

 

  1. ބީލަން ހުށަހެޅުން އޮންނާނީ 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  2. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ބީލަންތައް ބާޠިލްކުރެވޭނެއެވެ. އަދި ނަންބަރު 3 ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮޕޯސަލްގައި ބަޔާންކުރާ މައުލޫމާތާއި މި އިއުލާނުގައިވާ ސްޕެސިފިކޭޝަނާ ދިމާނުވާނަމަ އެފަރާތްތަކުގެ ބީލަން ބާޠިލްކުރެވޭނެއެވެ.
  3. އިސްވެދެންނެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  4. ސްޕެސިފިކޭޝަނާއި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ.  

 

 

ސްޕެސިފިކޭޝަނާ ގުޅޭ މައުލޫމާތު ނަމަ؛

ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް

އެންޑް ޓެކްނޮލޮޖީ

ސޯސަންމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3345452، 3345444

އީ-މެއިލް: [email protected]

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮކިޔުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345109، 3345111

އީ-މެއިލް: [email protected]

 

                           11 ޛުލްޤައިދާ  1439

                           24  ޖުލައި    2018

 

24 ޖުލައި 2018
ހޯދާ