ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސަރުކާރު އޮފީސް/ކުންފުނިތަކުގެ 4 ވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2018

                             ނަންބަރު: BAM/IUL/2018/37

އިޢުލާން

 

ސަރުކާރު އޮފީސް/ކުންފުނިތަކުގެ 4 ވަނަ ބެޑްމިންޓަން ޗެމްޕިއަންޝިޕް 2018

 

ކަނޑައެޅިފައިވާ ތާރީޙް އަދި މުބާރާތް ކުޅެވޭތަން ތަން:

2018 އޯގަސްޓް 6 ން 17 ށް އަށް މާލޭ ކުޅިވަރު އެކުވެނި.

އެންޓްރީ ފީ އަދި ހިމެނޭ އިވެންޓް ތައް:

ޓީމް އިވެންޓް ފީ

 ޓީމް އިވެންޓް (ފިރިހެން)

-/1000 Mvr

ޓީމް އިވެންޓް (އަންހެން)

-/1000 Mvr

ކުޅެވޭ ޝަޓްލް ބްރޭނޑް:

ފެދަރ ޝަޓްލް (އާރް.އެސް.އެލް ނުވަތަ ޔޮނެކްސް)

ޓީމްލިސްޓް ފޯރމް އަދި މުބާރާތުގެ ޤަވާއިދު:

ޓީމްލިސްޓް ހުށައެޅުމުގެ ފަހު ތާރީޙް: 

  • 30 ޖުލައި 2018 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް
  •  ޓީމް ލިސްޓް ފޯމްގައި ބައިވެރިވާ ސަރުކާރުގެ އޮފީސް (މުވައްސަސާ) އަދި ސަރުކާރު ޙިއްޞާވާ ކުންފުނި ތަކުގެ އިސްވެރިއެއްގެ ސޮއި އަދި އޮފީހުގެ ތައްގަނޑު ޖަހާފުރިހަމަ ކުރަންވާނެއެވެ.
  •  ޓީމް ލިސްޓް ފޯމް އާއި އެކު ބައިވެރިންގެ އައި.ޑީ ކާޑު ކޮޕީ އަދި ޕާސްޕޯޓް ސައިޒު ފޮޓޯ ހުށައަޅަންވާނެއެވެ.

މުބާރާތުން ޖޫރިމަނާއަކާއި ނުލާ ވިތްޑްރޯވަލްގެ އެންމެފަހު ތާރިޙް:

  •  01 އޯގަސްޓް 2018 ވާ ބުދަ ދުވަހުގެ 16:00 ކުރިން

މުބާރާތުގެ ޑްރޯ އަދި މެނޭޖަރސް މީޓިންގ:

  • މުބާރާތުގެ ޑްރޯ (ގްރޫޕްތައް ތަރުތީބު ކުރެވިފައިވާގޮތް)02 އޯގަސްޓް 2018.
  • މެނޭޖަރސް މީޓިންގ އޮންނާނީ 02 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި.
  •  މިބައްދަލުވުމުގައި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުގެ މެނޭޖަރުން އަދި ކޯޗުން ޙާޒިރުވާން ވާނެއެވެ. އަދި ފޯކަލްޕޮއިންޓްގެ ގޮތުގައި ނަންފޮނުއްވާފައިވާ އެންމެހާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

ހޮވާ ވަނަތައް އަދި އިނާމް ފައިސާ

  • ކޮންމެ އިވެންޓެއްގެ 1 ވަނަ ޓީމަށް މިލްކުވާ ތަށި، ރަން މެޑެލް، ފައިސާގެ އިނާމް އަދި ހަނދާނީ ފިލާ
  • ކޮންމެ އިވެންޓެއްގެ ދެވަނަ ޓީމަށް ރިހި މެޑެލް، ފައިސާގެ އިނާމް އަދި ހަނދާނީ ފިލާ
  • ކޮންމެ އިވެންޓެއްގެ ތިންވަނަ ޓީމަށް ލޮއި މެޑެލް އަދި ހަނދާނީ ފިލާ

 

#

އިނާމް ފައިސާ

ޗެމްޕިއަން ޓީމް

ރަނަރަޕް ޓީމް

1

ފިރިހެން ޓީމް އިވެންޓް

10000

5000

2

އަންހެން ޓީމް އިވެންޓް

10000

5000

މުބާރާތުގެ ރެފްރީ:(ފަހުން އިޢުލާން ކުރެވޭނެ)   ޑެޕިއުޓީ ރެފްރީ: (ފަހުން އިޢުލާން ކުރެވޭނެ)

 

* ޓީމް ލިސްޓް ފޯމް ބަލައިގަތުން، 30 ޖުލައި 2018 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 16:00 ށް.

* ޓީމް ލިސްޓް ހުށައަޅުއްވާއިރު ފޯމްގައި ފުރިހަމަކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރުމަށްފަހު ފޯމާއިއެކު ހުށައަޅަންޖެހޭ ހުރިހާ ތަކެތި ހަމަކުރުމަށްފަހު އެސޯސިއޭޝަނަށް ދުރުވެ ފޯމް ހުށައެޅުއްވުމަކީ މިއެސޯސިއޭޝަންގެ ވަރަށް ބޮޑު އިލްތިމާސް އެކެވެ.

 

އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 16:00 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދެމެވެ.

 

23 ޖުލައި 2018

 

23 ޖުލައި 2018
ހޯދާ