މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުން

 

`

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

ދުވާފަރު، ދިވެހިރާއްޖެ                                                ނަމްބަރ: (IUL)304-EDS/304/2018/36

 

އިޢުލާނު

ވަޒީފާގެ ފުރުޞަތު:

މަޤާމް:                       އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަމްބަރ:                J-236728

ބޭނުންވާ ޢަދަދު:                 1 (އެކެއް)

މަޤާމުގެ ގިންތި:                 ދާއިމީ

މަޤާމުގެ ރޭންކް:                 ޖީ އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:           އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:          މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ

މުސާރަ:                      މަހަކު 4465.00 ރ (ހަތަރުހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސަރވީސް އެލަވަންސް:             މަހަކު 1500.00 ރ (ފަނަރަ ސަތޭކަ ރުފިޔާ)

 

އެހެނިހެން އެލަވަންސް:           1. ސިވިލް ސަރވީސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

                           2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

                           3. ސިވިލް ސަރވީސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

                           4. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/700ރ (ހަތްސަތޭކަ ރުފިޔާ) ދެވޭނެއެވެ.                                  

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

  1.               1.  އިމްޕޯރޓް މުދާ ވިއްކާ ތަންތަނާއި ހޮޓާ، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ޗެކް ކުރުން
  2. މަސްމަހަށް ޤަވާޢިދުން ފީ ނުދައްކާ ފަރާތްތަކަށް ފީދެއްކުމަށް އެންގުން.
  3. ކުލީ ބިންތަކާއި، ރުއްތައް ކުއްޔަށް ދޫކުރުމުގެ ކަންކަން ކުރުން
  4. ސްޓޮކް ބެލެހެއްޓުން
  5. އިންވެންޓްރީ ބެލެހެއްޓުން
  6. ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމާއި ތަކެތިދޫކުރުން
  7. މުސާރަ ފައިސާ ނެގުމާއި ދޫކުރުން އަދި ޖަމާކުރަންޖެހޭ ފަރާތްތަކަށް ޖަމާކޮށް ދިނުން
  8. މަހުން މަހަށް މުސާރަ ޝީޓް ތައްޔާރުކޮށް ފޮނުވުން 
  9. އިތުރު ގަޑީގެ ރިޕޯޓް ތައްޔާރު ކުރުން
  10. ކައުންސިލްގެ އިދާރާއަށް ވަންނަ މެސެޖް، ސިޓީތަކަށް ވެރިއެއްގެ ލަފާގެ މަތިން ޖަވާބު ދިނުން
  11. ލިޔެކިޔުންތައް ފައިލް ކުރުން

 

މަޤާމުގެ ޝަރުތު:                 1. ސާނަވީ ނުވަތަ އެއާއި އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު، އެއިގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

              

 

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެފޯނު ނަމްބަރާއި އީ މެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް
  4. ސިވިލް ސަރވީސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާ ކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތް ކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ހުރިހާ ސެޓްފިކެޓް ތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑަ އަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ (މިފަދަ ސެޓްފިކެޓް ތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ
  2. 7.    ސިވިލް ސަރވީސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

     (ހ) ދައުލަތުގެ މުއައްސަސާ އެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާ ކޮށްފައިވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

     (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާ ކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

  1. ޙާސިލް ކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  2. މަސއްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
  3. ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން  

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

                     ވަޒީފާއަށްއެދޭ ފޯމް ރ. ދުވާފަރު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވީސް ކޮމިޝަނުގެ ވެބްސައިޓް  www.csc.gov.mv  އިން މިފޯމް ޑައުންލޯޑް ކުރެވޭނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 1 އޮގަސްޓު 2018 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ރ. ދުވާފަރު ކައުންސިލްގެ އިދާރާ އަށެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ. އީ މެއިލްގެ ޒަރީޢާއިން ހުށަހަޅުއްވާ ލިޔުންތައްވެސް ބަލައިގަނެވޭނެއެވެ. އީ މެއިލްގެ ޒަރީޢާއިން ފޮނުއްވާ ލިޔުންތައް ފޮނުއްވާނީ ރ. ދުވާފަރު ކައުންސިލްގެ އިދާރާގެ އީ މެއިލް: [email protected]  އަށެވެ.

 

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

                    މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު ކުރުން އޮންނާނީ، 2018 އޮގަސްޓު ނުވަތަ ސެޕްޓެމްބަރ މަހުގެ ތެރޭގައި ރ. ދުވާފަރު ކައުންސިލްގެ އިދާރާ ގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލައްވައި ފަރާތްތަކުން އެތާރީޚް ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

 

ޝޯރޓް ލިސްޓް ކުރުން:

                    މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސަފު ކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މާޅޮސްމަޑުލު އުތުރުބުރީ  ދުވާފަރު ކައުންސިލްގެ އިދާރާގެ ނަމްބަރ: 6582701 ފޯނަށެވެ.

 

09 ޛުލްޤަޢިދާ 1439

22 ޖުލައި   2018

 

22 ޖުލައި 2018
ހޯދާ