ދިވެހިރާއްޖެ
އިޢުލާން
ތާރީޙް: 22 ޖޫން 2018 ނަންބަރ: GS145/HR/IUL/2018/036
ސްކޫލް ލައިބްރަރީ މަރާމާތުކުރުން.
ސްކޫލްގެ ލައިބްރަރީ މަރާމާތު ކުރުމަށްޓަކައި ތަކެތި ދިނުމުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފްކޮށްދިނުން އޮންނާނީ 25 ޖުލައި 2018 ވާ ބުދަ ދުވަހު 13:00 ގައި ގުރައިދޫ ސްކޫލް ގައެވެ. އެސްޓިމޭޓް ބަލައިގަތުން އޮންނާނީ 31 ޖުލައި 2018 ވާ އަންގާރަ ދުވަހު 13:00 ގައި ގުރައިދޫ ސްކޫލް ގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އިކޮނޮމިކްސް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ގުރައިދޫ ސްކޫލްގެ ނަންބަރު 6640574 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލް ކުރާނީ އީ-މެއިލް ކުރާނީ [email protected] އަށެވެ.
09 ޒުލްޤައިދާ 1439
22 ޖުލައި 2018