މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ހުޅުމާލޭ ޞިނާޢީ ސަރަހައްދުގައި ތިން ޕެކެޖިންގް ފެސިލިޓީ ފައިނޭންސްކޮށް، ތަރައްޤީކޮށް ވިޔަފާރި އުސޫލުން، ހިންގުން

މި މިނިސްޓްރީގެ ނަންބަރު:(IUL)101-BR/1/2013/118  (03 އޮކްޓޫބަރު 2013) ގެ އިޢުލާނާއި، ނަންބަރު: (IUL)101-BR/1/2013/141 (10 ނޮވެންބަރު 2013) ގެ އިޢުލާނުން، ހުޅުމާލޭ ޞިނާޢީ ސަރަހައްދުގައި ތިން ޕެކެޖިންގް ފެސިލިޓީ ފައިނޭންސްކޮށް، ތަރައްޤީކޮށް ވިޔަފާރި އުސޫލުން، ސަރުކާރާއެކު ވެވޭ 25 އަހަރުގެ ކޮންޓްރެކްޓެއްގެދަށުން، ހިންގުމަށްޓަކައި މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2013 ޑިސެންބަރު 15ވަނަ ދުވަހުގެ 14:00ގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލެވުނު ފުރުޞަތުގައި އެއްވެސްފަރާތަކުން ޕްރޮޕޯސަލެއް ހުށަހަޅާފައި ނުވާތީ، މިކަން ޢާންމުކުރަމެވެ.

މިފަދަ މަޝްރޫޢުތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ލައިޓް އިންޑަސްޓްރީތައް ކުރިއެރުވުމާއެކު، ހެޔޮ އަގެއްގައި ތަފާތު ޕެކެޖިންގް ސައިޒުތަކުގެ ފެންވަރު ރަނގަޅު މުދާތަކެއް ރާއްޖޭގެ މާރކެޓުން ލިބޭނޭމަގު ފަހިކުރުމެވެ. އަދި މިފަދަ މަޝްރޫޢުތަކަށް އަމިއްލަ ފަރާތްތަކުން ކުރިމަތި ލުމަކީ މުހިންމު ކަމެއްކަމުގައި ފެންނާތީ، މި މަޝްރޫޢު އަލުން ފަރުމާކޮށް ޕްރޮފޯސަލް ހުށަހެޅުއްވުމަށް ފުރުސަތު ކުރިއަށްއޮތް ތަނުގައި ހުޅުވާލުމަށް ގަސްތުކުރާ ވާހަކަ ދެންނެވީމެވެ.

16 ޑިސެންބަރު 2013
ހޯދާ