އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.ހަންޏާމީދޫ ރައްޔިތުންނާ ބައްދަލުކުރުމާ ގުޅޭ

އިޢުލާން

 

އދ.ހަންޏާމީދޫ ރައްޔިތުންނާ ބައްދަލުކުރުމާ ގުޅޭ

މިކައުންސިލުން އދ.ހަންޏާމީދޫ ރައްޔިތުންނާ ބައްދަލުކުރުން 2018 ޖުލައި 29 ވަނަ ދުވަހުގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން 2018 ޖުލައި 29 ވާ އާދިއްތަ ދުވަހުގެރޭ 20:45 ގައި ބާއްވާ މިބައްދަލުވުމަށް އދ. ހަންޏާމީދޫގެ އެންމެހާ ރައްޔިތުންނަށް ދައުވަތުއަރުވަމެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަންޏާމީދޫ ޕްރީސްކޫލުގައެވެ.

 

ބައްދަލުވުމުގެ އެޖެންޑާ

  • ވޭތުވެދިޔަ 06 މަސްދުވަހު ކައުންސިލް ހިގައިދިޔަގޮތް ރައްޔިތުންނާ ހިއްސާކުރުން.
  • 2019 ވަނަ އަހަރުގެ ތަރައްޤީގެ ޕްލޭން ރަށްޔިތުންނާ ހިއްސާކުރުން.
  • 2019 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ޕްލޭން ރަށްޔިރުންނާ ހިއްސާކުރުން.
  • މަޢުޟޫއާ ގުޅޭގޮތުން ސުވާލާއި ޖަވާބު.

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖުލައި 2018
ހޯދާ