ދިވެހިރާއްޖެ
ސްކޫލް އޮފް ނަރސިންގ
ނަންބަރު:09/2018/MED-153-SN
އިޢުލާން
ސްކޫލް އޮފް ނަރސިންގ އިން މާލެ އާއި އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ހިންގާ ކޯސްތަކުގެ މާދާތަށް ޕާރޓް ޓައިމްކޮށް ކިޔަވައި ދިނުމާއި ، ކިޔަވައިދިނުމާ ގުޅުންހުރި މަސައްކަތްތަކަށް ލެކްޗަރަރ އިން ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، ކިޔަވައި ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2018 ޖުލައި 29 ވަނަދުވަހުގެ 12:00 ކުރިން ސްކޫލް އޮފް ނަރސިންގ އަށް، ތަޢުލީމީ ސެޓްފިކެޓް ތަކާއެކު ސިޓީ ފޮނުއްވުން އެދެމެވެ
ޓީޗަރުގެފެންވަރު ނުވަތަ ޝަރުތު: ގުޅޭ ދާއިރާއިން އެންމެ ދަށްވެގެން ޑިޕްލޮމާ ނުވަތަ އެއާއި އެއްވަރު ސަނަދެއް ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.
ކިޔަވައި ދޭންޖެހޭ މުއްދަތު: 1 އޯގަސްޓް 2018 އިން 30 ނޮވެމްބަރު 2018 އަށް
ލެކްޗަރ ގަޑިތައް އަދި ޓިއުޓޯރިއަލްގެ އިތުރުން މަތީގައި ދެންނެވިފައިވާ މާއްދާތަކުގެ އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާއެއްގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ތައްޔާރުކޮށް މާރކްކުރުމާއި މިޑިޕާރޓްމެންޓުން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް ކްލާސްތައް ބޭއްވުން.
ނޯޓް: ހުރިހާ ގަޑިތަކެއް ނަގާ ދޭންވާނީ މި ސްކޫލުން ހަދާފައިވާ ޓައިމްޓޭބަލާއި އެއްގޮތަށެވެ.
ހުށަހަޅަންޖެހޭ ލިއުންތައް:
1. ކިޔަވައިދޭ މާއްދާގެ ރޮގުން ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަޞްލާ އެއްގޮތްކަމަށް ރަސްމީ
ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު)
2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ