ވ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ފުލިދޫ ޞިއްޙީމަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ

                                              ނަންބަރު: IUL)VAH/J1-HP/2018/1 ) 

އިޢުލާން

 

 

ވ. ފުލިދޫ  ޞިއްޙީމަރުކަޒުގައި  މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހުންނެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-254832

ބޭނުންވާ ޢަދަދު

01    (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމު އޮތް އޮފީސް

ވ. ފުލިދޫ  ޞިއްޙީމަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

ވ. ފުލިދޫ  ޞިއްޙީމަރުކަޒު ، ވ. ފުލިދޫ    

މުސާރަ

-/4465  ( ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ  )

ސަރވިސް އެލަވަންސް

-/1500 ( އެންހާސްފަސްސަތޭކަރުފިޔާ  ) 

އެހެނިހެން އެލަވަންސް

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިގެ ފައިސާ .

3.  ސަޕޯރޓިންގ ކޯ އެލަވަންސް  -/700 ރ

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިނާޔަތްތަށް ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތުގެ މަތިން ރިސްކް އެލަވަންސް ފައިސާ.

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް

1. ރަސްމީގަޑީގައި އޮފީސް ހުޅުވަންޖެހޭ ގަޑިއަށް ހުޅުވާ ލެއްޕުން އަދި ނުރަސްމީ ގަޑީގައި އޮފީސް ހުޅުވަންޖެހޭ ޙާލަތްތަކުގައި ވެރިއެއްގެ ހުއްދައާއެކު ހުޅުވާ ލެއްޕުން.

2. މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުން.

3. ޞިއްޙީމަރުކަޒަށް ލިބޭ އެންމެހާ ލިޔުންތައް އެންޓްރީ ކުރުމާއި ޖަވާބުދޭންޖެހޭ ލިޔުންތައް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން .

4. ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުން .

5. ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން. އަދި ރެކޯރޑް އަޕްޑޭޓްކޮށް ޤަވާޢިދުން ބެލެހެއްޓުން

6 ލިޔެކިއުމުގެ ސްޓޮކް އަދި ބޭހުގެ ސްޓޮކް ބެލެހެއްޓުން.

7. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯރޑް ބެލެހެއްޓުން. އަދި ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމާއި  ޗުއްޓީއާގުޅޭ އެންމެހާ މަސައްކަތް ކުރުން .

8. އާމުދަނީ ފައިސާ އާއި ބަޖެޓް ފައިސާގެ އެންމެހާ މަސައްކަތް ކުރުން . އަދި ބިލްތަކަށް ފައިސާ ދެއްކުމާއި ހަދަންޖެހޭ އެންމެހާ ރިޕޯރޓްތައް ހަދައި ހޮސްޕިޓަލަށް ފޮނުވުން .

9. މުވައްޒަފުންނަށް މުސާރަ ދިނުމަށް ހަދަންޖެހޭ އެންމެހާ ރިޕޯރޓްތައް ހަދައި ފޮނުވަންޖެހޭ މުއްދަތުގައި ހޮސްޕިޓަލަށް ފޮނުވުން .

10. މުވައްޒަފުންނަށް އަންގަންޖެހޭ ލިޔުންތައް ވެރިއެއްގެ ލަފާގެމަތިން އެފަރާއްތަކަށް އެންގުން.

މަޤާމުގެ ޝަރުޠުތައް

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2  މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު ، އޭގެ އިތުރުން ' ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް

އިމްތިޙާނުގައި 'ދިވެހި'  މި މާއްދާއިން  ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން .

ހުށައަޅަންޖެހޭ ލިޔުންތައް

1 .ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. ( މިފޯމް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި ވ. ފުލިދޫ ޞިއްޙީމަރުކަޒުންވެސް ލިބެންހުންނާނެއެވެ)

2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ

  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ

  މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު

  ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން .

5.  ލިބިފައިވާ ތަޢްލީމީ  ސެޓުފިކެޓުތަކުގެ ކޮޕީ.

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ ، ރާއްޖެއިން ބޭރުގެ މަތީ ތަޢްލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ  ތަޢްލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް

ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓް  ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން  ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ

ކޮޕީ ' ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ،

އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ

ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ  އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ

ވަޒިފާ ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒިފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައް

ޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ

ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލެވޭނެ ކަންތައްތައް.

ހެލްތު މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ  30 ޖުލައި   2018 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން ވ. ފުލިދޫ ޞިއްޙީމަރުކަޒުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]އެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް  ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމާށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ ވ. ފުލިދޫ ޞިއްޙީމަރުކަޒުގައި  2018 އޮގަސްޓް 6 ން 7 އާއި ދެމެދުގައެވެ. ވުމާއެކު ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚު ތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށައަޅާ،ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ވ ފުލިދޫ ޞިއްޙީމަރުކަޒުގެ  6700605 ނަންބަރު ފޯނަށެވެ.

އީމެއިލް އެޑްރެހަކީ [email protected]   އެވެ.

 

                    19   ޖުލައި   2018

                    06  ޛުލްޤަޢިދާ   1439   

19 ޖުލައި 2018
ހޯދާ