ދިވެހިރާއްޖެ
ނަމްބަރު: IUL)120/1/2018/40)
އިޢުލާން
އެސިސްޓަންޓް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް
މިޑިޕާޓްމަންޓުން ކުރިއަށް ގެންދާ އިމްޙާނުތަކުގެ އިދާރީ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ މީހަކު ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ މީހުން 2018 ޖުލައި 31 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިޑިޕާޓްމަންޓަށް ފޯމު ހުށަހެޅުއްވުން އެދެމެވެ.
މަޤާމު: އެސިސްޓެންޓް އޮފިސަރ (ވަގުތީ)
ބޭނުންވާ ޢަދަދު: 2
އުޖޫރަ: މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް 45.00 ރުފިޔާ
ޝަރުޠު:
- ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކްންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން. ނުވަތަ:
- އެޑްމިނިސްޓްރޭޝަން ނުވަތަ އިންފޮމޭޝަން ޓެކްނޮލަޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ފޯމު މިޑިޕާޓްމަންޓްގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓްގެ www.dpe.edu.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ. އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ 10 މީހުންނާއެވެ. ޝޯޓް ލިސްޓް ކުރެވޭ މީހުންނަށް މަސައްކަތު 07 ދުވަހުގެ ތެރޭގައި ގުޅާނެ ވާހަކަ ދަންނަވަމެވެ. 07 ދުވަހުގެ ތެރޭގައި ނުގުޅާނަމަ، ޝޯޓްލިސްޓް ކުރެވޭ މީހުންގެ ތެރޭގައި އެމީހަކު ނުހިމެނެނީއެވެ.
05 ޛުލްޤައިދާ 1439
18 ޖުލައި 2018