ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީގެ ތަންފީޒީ އިސް މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ ޗާންސެލަރ މަޤާމަށް ކުރިމަތިލުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ |
|
ވަޒީފާގެ ފުރުޞަތު |
|
މަޤާމު |
ޗާންސެލަރ |
އަދަދު |
01 |
މަސައްކަތްކުރަންޖެހޭ ތަން |
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ |
އަސާސީ މުސާރަ |
މުސާރަ: -/30,000ރ (ތިރީސްހާސް ރުފިޔާ) |
އެލަވަންސްތައް |
1- ލިވިންގ އެލަވަންސް: -/15,000ރ (ފަނަރަހާސް ރުފިޔާ) 2- ފޯނު އެލަވަންސް: -/2,000ރ (ދެހާސް ރުފިޔާ) |
އަސާސީ ޝަރުޠު |
މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 07 ނުވަތަ 08 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއެކު،
|
މުއްދަތު |
މި މަޤާމުގެ މުއްދަތަކީ މަޤާމަށް އައްޔަންކުރެވޭ ދުވަހުން ފެށިގެން މީލާދީ 05 އަހަރެވެ. ނަމަވެސް މި މަޤާމަށް ޢައްޔަންކުރެވޭ ފަރާތުން މަޤާމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވާ މިންވަރު ވަޒަންކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން، އެމީހަކު އިތުރު ދައުރަކަށް ޢައްޔަންކުރުމުގެ އިޚްތިޔާރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް ލިބިގެންވެއެވެ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ޤާނޫނީ ވަކީލުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް "ކޮންޓިނުއިންގ ޖުޑީޝަލް އެޑިއުކޭޝަން" ޕްރޮގްރާމްތައް އެކުލަވާލައި ތަންފީޛުކުރުމުގެ އެންމެހާ މަސައްކަތްތައް ޖުޑީޝަލް އެކަޑަމީގެ އިސްތިޝާރީ މަޖިލިހުން ނިންމަވާ ގޮތެއްގެމަތިން ހިންގުން. |
ހުށަހަޅަންޖެހޭ ތަކެތި |
1- ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5- އަދާކޮށްފައިވާ އަދި ކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
ސުންގަނޑި |
މި މަޤާމަށް އެދި ހުށަހަޅާ ސިޓީ 2018 ޖުލައި 25 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
އިތުރު މަޢުލޫމާތު |
1- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ސިޓީ އެޑްރެސް ކުރައްވާނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ އަޙްމަދު ޢަބްދުﷲ ދީދީ އަށެވެ. 2- މަޤާމުގެ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓުލިސްޓްވާ ފަރާތްތަކަށް ފޯނުން އަންގާނެ ވާހަކަ ދެންނެވީމެވެ. |
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
މި މަޤާމަށް މީހުން ޢައްޔަންކުރުމުގައި ވަކި ޚާއްޞަ ދާއިރާއަކުން އެމީހަކު ޙާޞިލުކޮށްފައިވާ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއާ އަދި އެމީހެއްގެ ފަރާތުން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ލިބިދާނެކަމަށް ފެންނަ ޚިދުމަތުގެ ފެންވަރަށާއި އިސްނެގުމަށާއި، ލީޑަރޝިޕަށާއި، ތެދުވެރިކަމަށާއި އަމާނާތްތެރިކަމަށާއި ކުރިން އަދާކޮށްފައިވާ އެފަދަ މަޤާމުތަކުގައި ނަތީޖާ ޙާސިލްކޮށްފައިވާ މިންވަރަށާއި ދައުލަތުގެ އިދާރީ އެކިއެކި މަޤާމުތަކުގައި އިޚްލާޞްތެރިކަމާއި ހުނަރުވެރިކަމާއެކު މަސައްކަތްކޮށްދީފައިވާ ނުވަތަ ޚިދުމަތް ކުރުންމަތީ މިހާރުވެސް ސާބިތުކަމާއެކު ދެމިހުރި މީހެއްކަމަށްވުމާއި، އަދި އެމީހަކު ޚިދުމަތްކޮށްދީފައިވާ މުއްދަތަށާއި، ބާވަތަށް ރިޢާޔަތް ކުރެވޭނެއެވެ. މި މަޤާމަށް މީހަކު ޢައްޔަންކުރާނީ ދިވެހިރާއްޖެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ. |