ދިވެހިރާއްޖެ
ނަމްބަރު:(IUL)248-CAFA/248/2018/50
އިޢުލާން
ވޮލީ ކޯޓް ޤާއިމު ކުރުން
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގެ ސްޕޯޓްސް އެރީނާގައި02 ވޮލީ ކޯޓް ޤާއިމު ކުރަން ބޭނުން ވެއްޖެއެވެ.
ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖުލައި 2018 ވާ ބުދަ ދުވަހުގެ13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު31 ޖުލައި 2018 ވާ އަންގާރަދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.
މައުލޫމާތު ސާފުކޮށް މިމަސައކަތް ކޮށްދެއްވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ނަންގަވާފައިވާ ފަރާތްތަކުންނެވެ. އެފަދަ ތަނަކުންވެސް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެތަނަކުން ފޮނުއްވި މީހެއްކަން އެނގޭގޮތަށް އެތަނެއްގެ ރަސްމީ ސިޓީއަކާއި، އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ސްޕޯޓްސް އެރީނާގެ ވޮލީކޯޓް ޤާއިމު ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
05 ޛުލްޤަޢިދާ 1439
18 ޖުލައި 2018
ޚާދިމްކުމް
މުޙައްމަދު އިބްރާހީމް
އެސިސްޓެންޓް ޑިރެކްޓަރު
ޒިންމާދާރު ވެރިޔާ