މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓް އެގްޒެކެޓިވް

އިޢުލާނު

 

ވަޒީފާގެ ފުރުޞަތު

(IUL)13-HR/13/2018/140    ނަންބަރު:

މަޤާމް:

އެސިސްޓެންޓް ޕްރޮޖެކްޓް އެގްޒެކެޓިވް

މަޤާމުގެ ނަންބަރު:

J-290947

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސިނީއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

މުސާރަ:

މަހަކު 7,035/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/- ރުފިޔާ

އެހެނިހެން އެލަވަންސް:

-          ފިނޭންސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ގެ އެލަވަންސެއް ކޮންމެ މަހަކު ދެވޭނެއެވެ.

-          މި މަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މި މަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންއަކީ ޕްރޮޖެކްޓް މެނޭޖްމަންޓު އެވެ. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ނުލިބޭ ފަރާތްތަކަށް ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ދެވޭނީ މަހަކު 900.00 ރުފިޔާއެވެ.

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ޕީ.އެސް.އައި.ޕީ.ގައި ހިމަނާ މަޝްރޫޢުތައް މޮނިޓަރކޮށް މަޝްރޫޢުގެ މަސައްކަތް ހިނގާގޮތުގެ މައުލޫމާތު އެއްކުރުމަށް ހަރުދަނާ ނިޒާމެއް ޤާއިމްކުރުން.

  1. ޕީ.އެސް.އައި.ޕީ.ގައި ހިމަނާފައިވާ މަޝްރޫޢުތައް މޮނިޓަރކޮށް މަޝްރޫޢުގެ މަސައްކަތް ހިނގާގޮތުގެ މައުލޫމާތު އެއްކުރުމައްޓަކައި މޮނިޓަރިންގ ފޯމް ނުވަތަ މޮނިޓަރިންގ ސިސްޓަމް މެދުވެރިކޮށް މައުލޫމާތު އެއްކުރާނެގޮތުގެ ގައިޑްލައިން އެއް ތައްޔާރުކޮށް އެ ގައިޑްލައިން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. ޕީ.އެސް.އައި.ޕީ.ގައި ހިމަނާފައިވާ މަޝްރޫޢުތައް މޮނިޓަރކޮށް މަޝްރޫޢުގެ މަސައްކަތް ކުރުމަށްޓަކައި މޮނިޓަރިން ފޯމް އޮފީސްތަކުން ފުރިހަމަކުރާނޭ ގޮތުގެ މައުލޫމާތް/ޓްރޭނިންގ ދިނުން.
  3. ޕީ.އެސް.އައި.ޕީ.ގައި ހިމަނާފައިވާ މަޝްރޫޢުތައް މޮނިޓަރކޮށް މަޝްރޫޢުގެ މަސައްކަތް ކުރުމަށްޓަކައި އޮފީސްތަކުން މަޝްރޫޢުތަކާބެހޭ މައުލޫމާތު އެއްކުރުން.
  4. ޕީ.އެސް.އައި.ޕީ.ގައި ހިމަނާފައިވާ މަޝްރޫޢުތައް މޮނިޓަރކޮށް މަޝްރޫޢުގެ މަސައްކަތް ކުރުމަށްޓަކައި ކުއާޓަލީ އަދި ބޭނުންވެއްޖެ ހިނދެއްގައި ރިވިއު ބައްދަލުވުންތައް ބޭއްވުން.
  5. ޕީ.އެސް.އައި.ޕީގެ މަޢުލޫމާތު ޑޭޓާބޭސްއެއްގައި ރައްކާތެރިކަމާއިއެކު ބެލެހެއްޓޭނެ ނިޒާމެއް ޤާއިމް ކުރުން.
  6. ޕީ.އެސް.އައި.ޕީގައި ހިމަނާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ މިންވަރު ވަޒަންކޮށް ކުއާޓަލީ އަދި އެނުއަލް ރިޕޯޓް އެކުލަވާލުން.

 

  1. އެކުލަވާލެވޭ މޮނިޓަރިން ރިޕޯޓް އެނަލައިޒްކޮށް، ޕީ.އެސް.އައި.ޕީގައި ހިމެނޭ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް އެކަންކަން ހައްލުކުރުމުގައި އެހީތެރިވެދިނުން.
  2. ޑޮމެސްޓިކް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް އެކުލަވާލުން. (ކޮންޕައިލް ކުރުން)

 

  1. ޑޮމެސްޓިކް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް އެކުލަވާލުމަށް ބޭނުންވާ ގައިޑްލައިންސް އަދި ސްޓޭންޑަޑްސް ތައްޔަރުކުރުން.

 

  1. މަޝްރޫޢު ހުށަހެޅުމަށް ތައްޔާރުކުރެވިފައިވާ ފޯމް ރިވިއު ކުރުމަށްފަހު ފޯމް ރިވައިޒްކުރުން.

 

  1. ހުށަހަޅާ މަޝްރޫޢުތަކުގެ މަޢުލޫމާތު ފުރިހަމަކުރުމަށް ޓެކްނިކަލް ބައްދަލުވުންތައް މިނިސްޓރީތަކާއެކު ބޭއްވުން.
  2. ޕި.އެސް.އައި.ޕީގައި ހިމަނާފައިވާ މަޝްރޫޢުތަކުގެ މައްޗަށް ބިނާކޮށް ސަމަރީ ޓޭބަލްތައް ތައްޔާރުކުރުން. މިގޮތުން ބަޖެޓް ކޯޑުތަކަށާއި، މަޝްރޫޢުތަކުގެ ކެޓެގަރީ، އަތޮޅުތަކަށް ވަކިވަކިން ކަނޑައެޅިފައިވާ ފައިސާ އަދި ޕްރޮގްރާމް ތަކަށް ފައިސާ ކަނޑައެޅިފައިވާ ގޮތުގެ ސަމަރީ ތައްޔާރުކުރުން.
  3. ބަޖެޓް އައުޓްލުކް، ބަޖެޓް ފޮތް އަދި ބަޖެޓް އިން ސްޓެޓިސްޓިކްސް ތައްޔާރުކުރުމަށް ބޭނުންވާ ރައިޓް-އަޕް އަދި ޓޭބަލްސްތައް ތައްޔާރުކުރުން
  4. އަހަރުތެރޭ އިތުރުކުރެވޭ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން
  5. ޕީ.އެސް.އައި.ޕީ ގައި ހިމަނާފައިވާ މަޝްރޫޢު ތަކާބެހޭގޮތުން އެކި އޮފީސްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުދިނުން.

 

  1. ޕީ.އެސް.އައި.ޕީ. އާބެހޭ ކަންތައްތަކުގައި އެކި ސެކްޝަންތަކާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން:
  2. ޕީ.އެސް.އައި.ޕީގައި ހިމަނާފައިވާ މަޝްރޫޢުތަކުގެ 'ޕްރޮޖެކްޓް ކޯޑް' ހެދުމާބެހޭގޮތުން ޕަބްލިކް އެކައުންޓްސް ސެކްޝަންއާއިއެކު މަސައްކަތްކުރުން.
  3. އެކި އޮފީސްތަކުން ލިބިފައިވާ ކޭޝް-ޕްލޯ ޓޭބަލްސް ތަކުގައިވާ މަޝްރޫޢުތަކުގެ 'ޕްރޮޖެކްޓް ކޯޑް' އަދި މަޝްރޫޢުތަކުގެ ޖުމްލަ ބަޖެޓް ޗެކްކުރުން

 

  1. އައު މަޝްރޫޢުތަކުގެ 'ޕްރޮޖެކްޓް ކޯޑް'ތައް ކޭޝް ޕްލޯ ޓޭބަލްސްއަށް އެންޓަރކުރުން.

މަޤާމުގެ ޝަރުތުތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގެ މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

 

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. 8.    މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ގިނަ ވަގުތުގައި މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

-          ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރާއި މުޢާމަލާތްކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން.

-          ވިސްނުންތޫނުކަމާއެކު ޕްރެޝަރގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުން.

-          މައިކޮރޯ ސޮފްޓް ވޯރޑް އަދި އެކްސެލް ބޭނުން ކުރަން އެނގުން

-          ކޮމްޕިއުޓަރ ބޭނުންކުރަން އަހުލުވެރިވެފައިވާ މިންވަރު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖުލައި 2018 ވާ (އާދީއްތަ) ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު،އިމްތިޙާން އަދި ޕްރެޒެންޓޭޝަން އޮންނާނީ،     01 އޮގަސްޓް 2018 އާއި 15 އޮގަސްޓު 2018 އާ ދެމެދު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ   3349169,3349335,3349297,3349252ނަންބަރ ފޯނާއެވެ.  އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

18 ޖުލައި 2018
ހޯދާ