މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކ. މަނިޔަފުއްޓަށް ޕެޓްރޯލާއި ޑީސެލް ގަނެ ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން

މިނިސްޓްރީގެ ދަށުން ހިނގަމުންދާ ކ. މަނިޔަފުއްޓަށް ޕެޓްރޯލާއި ޑީސެލް ގަނެ ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު  IUL)30-A4/30/2018/93   އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ މިއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ޖުލައި 2018 ވާ ބުދަ ދުވަހުގެ 10:00 އަށް  މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 31 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 70 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 70 )
  • ތަޖުރިބާއަށް 30 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211 އަދި 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

18 ޖުލައި 2018
ހޯދާ