ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް
                                ބުރުނީގައި އަލަށް އިމާރާތްކޮށްފައިވާ އިންޖީނުއާއި ފެންޕްލާންޓްގެއަށް ދަތިވާގޮތަށް ހުރި ( 1 ން 15 އަށް ފެހިކުލައިގެ ސްޕްރޭއިން ނަމްބަރުޖަހާފައިވާ ) 15 ރުކުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ރުއްތަކުގެ ވެރިފަރާތުން 29 ޖުލައި 2018 ވާ އާދިއްތަ ދުވަހުގެ އޮފީސް ބަންދު ކުރުމުގެ ކުރިން ރުކުގައި ޖަހާފައިވާ ނަމްބަރު އެނގޭގޮތަށް ލިއުމަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. އަދި މިމުއްދަތުގެ ތެރޭގައި ވެރިފަރާތެއް ނުވާ ރުއްގަހަކީ ރައްޔިތުންގެ ރުއްގަސްކަމުގައި ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
05 ޒުލްޤައިދާ 1439
18 ޖުލައި 2018
             18 ޖުލައި 2018
            
        
                    ހޯދާ  
                
                 
                    